މުޖުތަބާ ޚާމަނާއީ ޓްރަމްޕް ބިރުގަންނަވައިފި

އީރާނުގެ އާ ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނާއީ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި، އީރާންގެ ކުރީގެ ލީޑަރު ޢަލީ ޚާމަނާއީ ޝަހީދު ކުރި މީހުން އަތުން ބަދަލުހިފުމަކީ "ޤައުމީ ފެންވަރުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށް ވިދާޅުވެއްޖެއެވެ. އަދި "ދުނިޔޭގެ މިނިވަނުން އަވަހަށް ބަދަލުހިފުމުގެ މަސައްކަތުގެ ޒިންމާ ފުރިހަމަކުރާނެ" ކަމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

މި ބަޔާން ނެރުއްވާފައި މިވަނީ، ޢަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން ހުކުރު ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ނިންމާލުމަށްފަހުއެވެ.

މުޖްތަބާގެ ބަޔާނުގައި ވިދާޅުވީ، "ޝަހީދު ކޮމާންޑަރާއި، ފަހުގެ ދެ ހަނގުރާމައިގައި ޝަހީދުވި ހުރިހާ ފަރާތްތަކެއްގެ ލޭގެ ބަދަލު، ކުށްވެރި ޖަރީމާތައް ހިންގި ފަރާތްތަކުގެ ކިބައިން ހިފާނެ" ކަމަށެވެ. އަދި ބަދަލުހިފުމަކީ އޭނާގެ ނުވަތަ އެހެން އޮފިޝަލުންގެ މައްޗަށް ބަރޯސާވެފައިވާ ކަމެއް ނޫން ކަމަށާއި، އެކަން ކޮންމެހެން ވެސް ހާސިލުވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ލީޑަރު އަވަހާރަކޮށްލުން

ޢަލީ ޚާމަނާއީ އަވަހާރަ ކޮށްލީ އެމެރިކާއިން މިއަހަރުގެ ފެބްރުއަރީ 28 ގައި، ދިން ޓެރަރިސްޓް ހަމަލާއެއްގައެވެ. އޭނާ ވަޅުލާފައިވަނީ މަޝްހަދުގައި ހުންނަ އިމާމް ރިޟާގެޒިޔާރަތުގައެވެ.

ހިއްސާ ކުރައްވާ!