އިޒްރޭލު ފުލުހުން އަލްއަޤްޞާ މިސްކިތތް ބަންދުކޮށް، 30 މީހުން ހައްޔަރުކޮށްފި

އިޒްރޭލުގެ ފުލުހުން މަސްޖިދުލް އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ބަންދުކޮށްފިއެވެ. ގުދުސްގެ ގަވަރުނަރު އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލު ފުލުހުން މިސްކިތް ބަންދުކުރީ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރޭގައި އަސްކަރީ ތަމްރީނުތަކެއް ހިންގުމުގެ ބޭނުމުގައި ކަމަށެވެ.

މިއާއެކު ފަތިހު 100 އަށް ވުރެ ގިނަ ޔަހޫދީނަްގެ ހައްދުފަހަނަޅާފައިވާ ސެޓަލަރުންގެ ބައިގަނޑެއް ވަނީ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ސަލްފީތުގެ ކަފްލް ހާރިސް ރަށަށް ވަދެގަނެ، އެ ރަށުގެ ފަލަސްޠީނު ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައެވެ.

ކަފްލް ހާރިސްގެ މުނިސިޕަލް ކައުންސިލުން ބުނި ގޮތުގައި، ޖެނޮސައިޑް ސިފައިންގެ ވަރުގަދަ ހިމާޔަތާއެކު ސެޓްލަރުން ވަނީ ރަށުތެރެއަށް ވަދެ، އުޅަނދުތައް ހަލާކުކޮށް، ގެދޮރަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައެވެ. ހަމައެއާއެކު، ނާބްލަސްގެ ދެކުނުގައި އޮންނަ ބޫރީން އަވަށުގައި ވެސް ވަޒަންވެރިން ވަނީ ދަނޑުވެރިކަމަށް ބޭނުންކުރާ ގްރީންހައުސްތަކެއް ހަލާކުކޮށްލާފައެވެ. ބޫރީން މުނިސިޕަލްޓީން ބުނީ، ހަތިޔާރު އެޅި ވަޒަންވެރިން ހަމަލާދީފައިވަނީ ފަލަސްޠީނު މީހުންގެ އަރުޟް ވަ ޒަރުޢު ކޯޕަރޭޓިވް ސޮސައިޓީގެ ދަނޑުތަކަށް ކަމަށެވެ.

މީގެ އިތުރުން، ޔަހޫދީ ޖެނޮސައިޑް ސިފައިން ވަނީ ހުޅަނގު އައްސޭރީގެ އެކި ރަށްތަކާއި ކޭމްޕުތަކުގައި ފުޅާ ދާއިރާއެއްގައި ހަމަލާތައް ދީ، ގެތައް ފާސްކޮށް، ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަނެއް ހިންގާފައެވެ. މި ހަމަލާތަކުގައި ބައެއް ސަރަހައްދުތަކުގައި ކުރިމަތިލުންތައް ހިނގާފައިވާއިރު، ފަލަސްޠީނު ރައްޔިތުންނާ ދިމާލަށް ވިހަގޭސް ބޭނުންކުރުމުގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެ ނޭވާލާން އުނދަގޫވެފައިވެއެވެ.

ފަލަސްޠީނުގެ އަސީރުންގެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ، އެތައް ގެއަކަށް ވަދެ، އެތަނުގެ ތަކެތި ހަލާކުކުރުމަށްފަހު، ޖެނޮސައިޑް ސިފައިން ފަލަސްޠީނު 30 ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންތަކުގެ ތެރޭގައި، ހައްޔަރުކުރި މީހުންނަށް ގިނަ އިރުތަކެއް ވަންދެން އަނިޔާކޮށް، ތަހުގީގުތައް ހިންގާފައިވެއެވެ. އަދި ނާބްލަސްގެ ބައިތު ފޫރީކް އަވަށުގައި ބަލިމީހަކަށް ފަރުވާ ދިނުމަށް އެމްބިއުލާންސްތަކަށް ދިއުމުގެ ފުރުސަތު އިޒްރޭލުގެ އަސްކަރީ ޗެކްޕޮއިންޓެއް ބަންދުކުރުމުގެ ސަބަބުން އެމީހ ާވަނީ ނިޔައުވެފައެވެ.

ހިއްސާ ކުރައްވާ!