ޓްރަމްޕް އަރަބިން ފޭރެން އުޅުމުން އާދޭސް ދަންނަވަން ޖެހިއްޖެ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގު ބޯޓުތައް ފޭރިގަނެ ޓެކްސް ނެގުމަށް ރޭއްވެވި ރޭއްވެވުމަކީ ގަލްފުގެ އަރަބި ގައުމުތަކާއި، އޭނާގެ ބައިވެރިން ވެސް ސިއްސައިގެން ދިޔަ ކަމެއް ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފިއެވެ. މި ކަމުގެ ސަބަބުން މި ނިންމުން ބަދަލުކުރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑު މަސައްކަތްތަކެއް ވަނީ ފެށިފައެވެ.

ސީއެންއެން އިން ބުނާ ގޮތުގައި، ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ މުދަލަކުން 20% ގެ ޓެކްސްއެއް ފޭރިގަތުމަށް ޓްރަމްޕް އިއުލާންކުރެއްވުމާއެކު، 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގެ ސަރުކާރާއި މެދުއިރުމަތީގެ ގައުމުތަކުގައި މާށލީ ދާއިރާގައި ބޮޑު ހަލަބޮލިކަމެއް އުފެދުނެވެ. މިއީ ޓްރަމްޕް ކުއްލިއަކަށް އުފަންކުރެއްވި ހިޔާލެއް ކަމަށް ބެލެވެއެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، "ހޯމް ދުވަހު ވައިޓް ހައުސްގެ އެހީތެރިން މަސައްކަތްކުރީ މިފަދަ އާދަޔާޚިލާފު ޓެކްސް ނިޒާމެއްގެ އަމަލީ ކަންކަން ހަމަޖައްސާށެވެ. އެގޮތުން، މި ފައިސާ ދައްކާނީ ކޮން ފަރާތަކުންތޯއާއި، އެ ފައިސާ ނަގާނެ ގޮތެއް ކަނޑައެޅުމަށް އެވެރިން މަސައްކަތްކުރިއެވެ."

ފުރަތަމަ ގިނަ އޮފިޝަލުންނާއި ތަޖުރިބާކާރުން ހީކުރީ ޓެކްސް ދައްކަން ޖެހޭނީ ޝިޕިން ކުންފުނިތަކުން ކަމަށެވެ. ނަމަވެސް، ފަހުން ޓްރަމްޕް ވިދާޅުވީ، ޓެކްސް ދައްކާނީ އެމެރިކާގެ އަރަބި ބައިވެރިން ކަމަށެވެ. މި ކަން ވެގެން ދިޔައީ ޓްރަމްޕަށް ޚުޝާމަދުކޮށް ބޮޑު އަދަދކުން މާލީ ހަދިޔާތައް ދޭ އަރަބި ޝެއިޚުންގެ ހިތް ހުއްޓުވާލި ކަމެކެވެ. މިއާއެކު، ގަލްފުގެ ގައުމުތަކުގެ ވެރިން ވަނީ ޓްރަމްޕްއަށް ގުޅުއްވައި، މި ހިޔާލު މުޅިން ދޫކޮށްލެއްވުމަށް އާދޭސް ދަންނަވައި ވަރުގަދަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށް، ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)، ބަހުރައިން އަދި ގަތަރުން ކުރި މަސައްކަތް ކާމިޔާބުވިއެވެ. އެމެރިކާއިން ޓެކްސް ނެގުމަށް މަޖުބޫރު ކުރުމަށްފަހު، ޓްރަމްޕް އިއުލާންކުރެއްވީ އެ ގައުމުތަކުން އެމެރިކާގައި އިންވެސްޓްމަންޓްތަކެއް ކުރުމަށް ވައުދުވެފައިވާ ކަމަށެވެ.

ސީއެންއެން އިން ބުނާ ގޮތުގައި، ގަލްފުގެ ގައުމުތަކުން ވަނީ މި ޓެކްސް ހުއްޓާލައިފިނަމަ ބަދަލުގައި އެމެރިކާގައި ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރުމަށް ވައުދުވެފައެވެ. ނަމަވެސް ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި ހަގީގަތުގައި އިންވެސްޓް ކުރާނީ ކިހާ ފައިސާއެއްކަން އަދި މުޅިން ސާފެއް ނޫނެވެ.

ޓްރަމްޕް އޭނާގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމުގައި ފަހުން ލިޔުއްވާފައިވަނީ: "މިހާރުން ފެށިގެން އެމެރިކާ މަޝްހޫރު ވާނީ ހުރުމުޒް ކަނޑުއޮޅި ހިމާޔަތްކުރާ ފަރާތުގެ ގޮތުގައެވެ،" މިހެންނެވެ.

"އެމެރިކާގެ ރައީސް މިކަމުގައި ރަނގަޅު ވާހަކައެއް އެ ވިދާޅުވީ. ހޯމުޒް ކަނޑުއޮޅިން ބޯޓުތަކަށް ރައްކާތެރި ދަތުރެއް ކަށަވަރުކޮށްދޭ ފަރާތަކަށް އޭގެ ބަދަލު ލިބެންވާނެ. އެހެންނަމަވެސް 20% އަކީ މާ ބޮޑު އަދަދެއް، އަޅުގަނޑުމެން އިންސާފުވެރިވާނަން." މިކަމާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވީ،

ހިއްސާ ކުރައްވާ!