ހުރުމުޒުން ފީ ނެގުމާއި މެދު އަރާގްޗީ ވިދާޅުވީ ކީކޭ؟

އީރާން ގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވާނީ:

"ސުއޭޒް ކެނާލުން ހުރަސްކުރާ ކޮންމެ އުޅަނދަކުން މިޞްރުން 200,000 އާއި 700,000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ނަގައެވެ. އަދި ބޮޑެތި ކޮންޓޭނަރު އުފުލާ ބޯޓުފަހަރާއި ތެޔޮ އުފުލާ ބޯޓުފަހަރަށް މިއަދަދު 1 މިލިއަން ޑޮލަރަށްވުރެ މައްޗަށް ދެއެވެ.

ތުރުކީވިލާތުން ބޮސްފޯރަސް ކަނޑުއޮޅިން ދަތުރުކުރުމަށް ކުލި ނަގައެވެ.

ކެނެޑާއިން ސެއިންޓް ލޯރެންސް ކަނޑުއޮޅިން ފީ ނަގައެވެ.

ޕެނަމާ ކެނަލް އިން ހުރަސްކުރާ ކޮންމެ ފަހަރަކު 100,000 އާއި 450,000 ޑޮލަރާ ދެމެދުގެ އަދަދެއް ނަގާއިރު، ބޮޑެތި ނިއޯޕެނަމެކްސް ބޯޓުފަހަރަށް މިއަދަދު 500,000 ޑޮލަރަށް އަރައެވެ.

އެމެރިކާއިންވެސް ސެއިންޓް ލޯރެންސް ކަނޑުއޮޅި ހުރަސްކުރަންން ފީ ނަގައެވެ.

އެކަމަކު، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން އެއްވެސް ފީއެއް ނެގުމަށް އީރާނުން ދަނީ އެތައް އަހަރެއް ވަންދެން ދެކޮޅުހަދަމުންނެވެ. އެތަނުން ދަތުރުކުރުން ވަނީ މުޅިން ހިލޭ ކޮށްދީފައެވެ! އީރާނުން މިކަން ކުރީ އެގައުމަށް ކުރިމަތިވި އެންމެހައި ދަތިކުރުމުގެ ފިޔަވަޅުތަކާއި، އެކަހެރިކުރުންތަކާއެކުވެސް މެއެވެ.

އަދި މިއަދުވެސް މިކަމުގައި 'ގޯސް ފަރާތަކީ' އީރާންކަން ގަބޫލު ކުރަނީ ކީއްވެ ހެއްޔެވެ؟"  އައްބާސް އަރާގްޗީ

ހިއްސާ ކުރައްވާ!