އެމެރިކާގެ ނައިބް ރައީސްގެ ޓީމުގައި މުޖުތަބާ ޚާމަނާއިގެ ޖާސޫސެއް

އީރާނުގެ ލީޑަރު މުޖުތަބާ، ޚާމަނާއީ އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސްގެ ސެކިއުރިޓީ ޓީމުގެ ތެރެއަށް ސިއްރު ޖާސޫސެއް އެޖެންޓެއް ވެއްދި ހެއްޔެވެ؟

ނައިބު ރައީސް ޖޭޑީވެންސް ގެ ސެކިއުރިޓީ ޓީމުގެ މެންބަރަކު މައުލޫމާތުތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑްކުރުމާ ގުޅިގެން، އެމެރިކާގެ ސީކްރެޓް ސަރވިސްއިން ވަނީ ތަހުގީގެއް ފަށާފައެވެ. މަސްއޫލުވެރިން ވިދާޅުވި ގޮތުގައި މި މައްސަލައަކީ އޮޕަރޭޝަނަލް އަދި މައުލޫމާތުގެ ރައްކާތެރިކަމާ ގުޅޭ އުސޫލުތަކާ ހިލާފުވުމުގެ މައްސަލައެކެވެ. ނަމަވެސް ލީކުވި މައުލޫމާތުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ތަހުގީގު ގުޅިފައިވަނީ ވެންސް ގެ އާއިލާގެ ދަތުރުފަތުރުގެ އިންތިޒާމުތަކާއި ސެކިއުރިޓީ ޕްލޭންތަކާ ގުޅޭގޮތުން ނަން ހާމަކޮށްފައިނުވާ މަސްދަރުތަކަކަށް ހަވާލާދީ މީޑިއާގައި ޝާއިއުކުރި ޚަބަރަކާއެވެ.

ތަހުގީގު ކުރިއަށްދާތީ ވައިޓް ހައުސްއިން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފައެވެ. ސީކްރެޓް ސަރވިސްއިން ވަނީ ހިމާޔަތްތެރިކަން ދީފައިވާ މަސްއޫލުވެރިއެއްގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް އަމަލެއް ބަލައިނުގަނެވޭނެ ކަމަށް ބުނެ އިންޒާރުދީފައެވެ.

.

ހިއްސާ ކުރައްވާ!