ކުރަފި ކުދިން އަލުން މުޒާހަރާއަށް ނިކުންނަން އިންޒާރު ދީފި

އިންޑިއާގެ ދަރިވަރުންގެ އިހުތިޖާޖުތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދަރިވަރުން ދޫކޮށްލައި، އެ ކުދިންގެ މައްޗަށް ކުށްފައިވާ އެފްއައިއާރު މައްސަލަތައް ބާތިލުނުކޮށްފިނަމަ، އަލުން މުޅި ގައުމަށް ފެތުރޭ ބޮޑު އިހުތިޖާޖަކަށް ނުކުންނާނެކަމުގެ އިންޒާރު ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ދީފިއެވެ.

ސީޖޭޕީގެ ތަރުޖަމާނު އަޝުތޯޝް ރަންކާ ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ މަރުކަޒީ ވަޒީރުން ކަމަށްވާ ޖޭޕީ ނައްޑާ އަދި ޖިތެންދުރަ ސިންގަށް އަމާޒުކުރައްވައި ވިދާޅުވީ، ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރި ދަރިވަރުންނަށް ފިޔަވަޅު ނޭޅުމަށް ސަރުކާރާއެކު ވެވުނު އެއްބަސްވުމާ މަރުކަޒީ ސަރުކާރުން ހިލާފުވެފައިވާ ކަމަށެވެ.

މި މައްސަލައިގައި ސީޖޭޕީން ފާހަގަކޮށްފައިވާ މުހިންމު ނުކާތައް:

ފުލުހުންގެ ހަރުކަށި ފިޔަވަޅުތައް: ބިހާރު އަދި ވެސްޓް ބެންގޯލްއިން ސަތޭކައަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފައިވާއިރު، ދިއްލީ އަދި މަރުކަޒީ ސަރުކާރުގެ އެހެން ސްޓޭޓްތަކުގައި ދަރިވަރުންނަށް ފުލުހުންގެ ފާރަވެރިކަމާއި ފުރައްސާރައާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ޖަމާއަތުން ބުނެއެވެ.

ބިހާރުގެ ހާލަތު: ޖުލައި 22 އަދި 25 ގައި ބޭއްވި އިހުތިޖާޖުތަކާ ގުޅިގެން ބިހާރުގެ ތަފާތު ޕޮލިސް ސްޓޭޝަންތަކުގައި 200 އާ ގާތްކުރާ އަދަދަކަށް މީހުން ބަންދުކޮށްފައިވާކަމަށް ވަކީލުން ބުނެއެވެ. މީގެ ތެރެއިން ޕަޓްނާގެ ގާންދީ މައިދާން ކައިރީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 86 މީހަކު ވަނީ ޝަރުއީ ބަންދަށް ފޮނުވާލާފައެވެ.

ސީޖޭޕީގެ ޝަރުތުތައް: ދަރިވަރުންގެ މައްޗަށް ކޮށްފައިވާ އެފްއައިއާރުތައް ވަގުތުން އަނބުރާ ގެންދިއުމަށާއި، ހައްޔަރުކޮށްފައިވާ ދަރިވަރުން މިނިވަންކުރުމަށް އަންގާފައި ވެއެވެ. އަދި މި ކަމާ ގުޅޭ ގާނޫނީ އެއްބަސްވުން ކުރިއަށް އޮތް ދުވަހުގެ ނިޔަލަށް ހިއްސާކުރުމަށް ވަނީ އެދިފައެވެ.

މި އިންޒާރު މި އައީ، ނީޓް-ޔޫޖީ އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައިގައި އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން ޖަންތަރު މަންތަރުގައި 36 ދުވަސް ވަންދެން ކުރިއަށްގެންދިޔަ އިހުތިޖާޖުތައް، ތައުލީމީ ވަޒީރު ދަރުމެންދުރަ ފްރެދާން އިސްތިއުފާ ދެއްވުމާ ގުޅިގެން ނިންމާލާފައި ވަނިކޮށެވެ. ސީޖޭޕީއިން ބުނަނީ ސަރުކާރުން ވީ ވައުދުތަކާ ހިލާފުވާނަމަ އަލުން މަގުމައްޗަށް ނުކުންނާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!