އެމެރިކާ އިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަކީ، ޓްރަމްޕްގެ ސަރުކާރުން އުއްމީދު ކުރިވަރަށް ވުރެ "މާ އުނދަގޫ" ހަނގުރާމައެއް ކަމަށް 76 އިންސައްތަ އެމެރިކާ ރައްޔިތުން ގަބޫލުކުރާ ކަމަށް އާ ސާވޭއަކުން ދައްކައިފިއެވެ.
ސީބީއެސް ނިއުސް އާއި ޔޫގަވް ގުޅިގެން ޖުލައި 22 އިން 24 އަށް ކުރިއަށް ގެންދިޔަ މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 20 އިންސައްތަ މީހުން ބުނެފައިވަނީ ހަނގުރާމަ ކުރިއަށްދަނީ އެމީހުން އުއްމީދު ކުރި ގޮތަށް ކަމަށެވެ. އަދި ހަތަރު އިންސައްތަ މީހުން ދެކޭ ގޮތުގައި، ހަނގުރާމަ ވަނީ އެމީހުން އުއްމީދު ކުރިވަރަށް ވުރެ ފަސޭހަކޮށެވެ.
މި ހަނގުރާމައާ ގުޅިގެން 58 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންނަށް މިކަމާ މެދު ގޮތެއް ނިންމަން އުނދަގޫ ކަމަށާއި، 57 އިންސައްތަ މީހުންނަށް ވަނީ މިކަމާ މެދު ނުތަނަވަސްކަމާއި މާޔޫސްކަން އިހުސާސްވެފައެވެ. މީގެ އިތުރުން، 36 އިންސައްތަ މީހުން މި ހަނގުރާމައާމެދު ނުތަނަވަސްކަން ފާޅުކޮށްފައިވާއިރު، ހަނގުރާމައާ މެދު އުއްމީދީ ނަޒަރަކުން ދެކެނީ އެންމެ 19 އިންސައްތަ މީހުންނެވެ.
މި ހަނގުރާމައިގައި މިވަގުތު އޮތީ އީރާން ކަމަށް ގަބޫލުކުރަނީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ 22 އިންސައްތަ މީހުންނެވެ.




