ޔަހޫދީ ޖެނޮސައިޑް ރެޖީމުން ލުބްނާނުގެ ލިޓާނީ ކޯރުގެ ދެކުނުން އޮންނަ އަވަށްތައް ބިމާ ހަމަކޮށްފައިވާ ކަމަށާއި، އެތަންތާނގައި ރައްޔިތުންނަށް މިހާރު ދިރިއުޅެވޭނެ ހާލަތެއްގައި ނެތް ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ވޮލްކާ ޓާކް ވިދާޅުވެއްޖެއެވެ.
ލުބްނާނަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެއްގެ ތެރެއިން މީޑިއާއާ ވާހަކަ ދައްކަވަމުން ޓާކް ވިދާޅުވީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ފުޅާ ދާއިރާއެއްގައި ޖަރީމާތައް ހިންގަމުންދާކަން އޭނާގެ އޮފީހުން ލިޔެކިޔުންތަކުން ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގިންތިއަށް ފެތޭނެ ކަންކަންކަމަށް ވެދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.




