މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފ

މުޒާހަރާ ތަކާ ގުޅިގެން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފިއެވެ.

ދަރްމެންޑްރަ ޕްރަދާން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ އިސްތިއުފާ ދެއްވުމަށް ޒުވާނުން ދީފައިވާ ގަޑި ހަމަވުމާ ގުޅިގެންނެވެ. މިއަދުގެ 2 ޖެހުމާ ހަމައަށް އޭނާ އިސްތިއުފާ ދެއްވަން ޖެހެއެވެ.

ޒުވާނުން އިންޒާރު ދީފައި ވަނީ އޭނާ އިސްތިއުފާ ނުދެއްވައިފިނަމަ ބޮޑު ވަޒީރުގެ އިސްތިއުފާއަށް ގޮވަން ފަށާނެ ކަމަށެވެ.

މައްސަލަ ހޫނުވީ އިންޑިއާގެ ނީޓް އިމްތިހާނުގެ ސުއާލު ކަރުދާސްތައް ލީކު ވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ފިއްތުންތައް ބޮޑުވެ އިންޑިއާ ސަރުކާރުން އެޅި ފިޔަވަޅުތަކުގައި ނޭޝަނަލް ތެސްޓިންގ އެޖެންސީގެ 42 މީހަކު މަގާމުން ވަކިކޮށް ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.

ދަރްމެންދްރަ ޕްރަދާންއަކީ ނުފޫޒުގަދަ އާރްއެސްއެެސްއާ ގުޅުން އޮންނަ ފަރާތެކެވެ. އޭނާ ޕާލެމެންޓަށް ހޮވިފައި ވަނީ އޭނާގެ ބައްޕަ މަރުވުމަށް ފަހުއެވެ. އެޑިއުކޭޝަން މިނިސްޓަރަކަށް ވުމުގެ ކުރިން މޮދީގެ  ސަރުކާރުގައި އޭނާ ވަނީޯ ޕެޓްރޯލިއމް މިނިސްޓަރުގެ މަގާމު އަދާކޮށްފައެވެ.

އިންޑިއާގެ އެތައް ސިޓީއެއްގައި އެއް ފަހަރާ މުޒާހަރާތައް ހިނގަމުން ދެއެވެ. އެންމެ ހޫނުކޮށް މުޒާހަރާތައް ދަނީ ދިްލީގެ ޖަންތަރުމަންތަރުގައެވެ. އދި އިދިިކޮޅު ފަރާތްތަކުންވެސް ވަނީ ތަފާތު އެކި މައިދާންތަކުގައި އެމީހުންގެ އަމިއްލަ މުޒާހަރާތައް ފަށާފައެވެ.

ކިޔަވާ ކުދިންގެ މުޒާހަރާއާ ގުޅިގެން ބީޖޭޕީގެ ސަރުކާރަށް ހީނަރުކަމެއް އަންނާނެ ކަމަކަށް ނުދައްކައެވެ.

 

ހިއްސާ ކުރައްވާ!