އިރާނުގެ ސަލާމަތީ މަސްދަރަކުން ވަނީ އިސްރާއީލުން އިރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވެއްޖެނަމަ، އިސްރާއީލުގެ ތެރޭގައި ހަމަލާ ދިނުމަށް އަމާޒުތަކެއްގެ އާ ލިސްޓެއް ތައްޔާރުކޮށްފައެވެ.
އެ މަސްދަރުން ބުނި ގޮތުގައި، މި އާ އަމާޒުތަކަކީ އެތަންތަން ހަލާކުވެއްޖެނަމަ، އަހަރުތަކެއް ވަންދެން ވެސް އަލުން މަރާމާތު ނުކުރެވޭނެ ފަދަ ތަންތަނެވެ. ނަމަވެސް އެތަންތަނުގެ ބާވަތެއް ނުވަތަ ހުރި ތަނެއް އަދި އެއީ އަސްކަރީ، އިގުތިސާދީ، ނުވަތަ މުހިންމު އިމާރާތްތަކެއްކަން ހާމައެއް ނުކުރެއެވެ. މިތަންތަނަށް ހަމަލާ ދިނުމުން އިސްރާއީލު ދޫކޮށް މީހުން ފައިބާ މިންވަރު އިތުރުވާނެ ކަމަށާއި، މި ހަމަލާތަކުގެ ދުރު ރާސްތާގެ ގެއްލުންތަކަށް ޒަމާނަށް ދެމިގެން ދާނެ ކަމަށް އީރާނު މަސްއޫލުވެރިން ވިދާޅުވެއެވެ.
ޖަބަލް ފައުސް އާއި އިންޒާރުތައް
މި ތައްޔާރީތަކާ ގުޅިގެން، ނަތަންޒް ނިއުކްލިއާ ފެސިލިޓީ ކައިރީގައި އޮންނަ ފައުސް ފަރުބަދަ އާ ބެހޭގޮތުން އިރާނުން ވަނީ އިންޒާރުދީފައެވެ. އެމެރިކާއިން އެތަނަށް ހަމަލާއެއް ދިން ކަމުގައި ވިޔަސް، އަދި އިސްރާއީލު އެކަމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައިވެރިނުވި ނަމަވެސް، އެތަނަށް ދޭ ހަމަލާއަކަށް އިރާނުން އިޒްރޭލު ހިމަނައިގެން ރައްދު ދޭނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.
އިރާނުން ދެކޭ ގޮތުގައި، މި ފަރުބަދައާ ބެހޭގޮތުން އިންޓެލިޖެންސް މައުލޫމާތުތައް ފެތުރީ އިސްރާއީލުގެ މޮސާޑުންނެވެ. އެއީ ވޮޝިންޓަންގެ ސިޔާސީ ނިންމުންތަކަށް ނުފޫޒު ފޯރުވުމަށް ދިން ވަސްވާސްތަކެއް ކަމަށް އީރާބނުން ބުނެއެވެ. އެހެންކަމުން، ހަމަލާއެއް ދީފިނަމަ، އެ ހަމަލާ ދޭ ފަރާތާއި، އެކަމަށް މަގުފަހިކޮށްދިން ފަރާތް ޔައުނީ އިސްރާއީލާ ދެމެދު ވަކިކުރުމެއް ނެތި އިރާނުން ރައްދު ދޭނެއެވެ.
ހަނގުރާމައިގެ ތެރެއަށް އިސްރާއީލު ވަނުން
މި ވާހަކަތަކަށް ބަލާއިރު، ފައުސް ފަރުބަދައަކީ އިރާނުގެ އަމާޒުތައް ދުރުން ހަމަލަތަކަށް ފާރަވެރިވެ ބަލަހައްޓާ މަރުހަލާ އިން، އިސްވެ ހަމަލާ ދިނުމުގެ މަރުހަލާއަށް ބަދަލުވެދާނެ ސަބަބަކަށް ވެދާނެއެވެ. ސަބަބަކީ އެތަނަށް ހަމަލާ ދިނުމުން އިރާނުން ސީދާ އިސްރާއީލަށް ހަމަލާ ދޭނެތީއެވެ. މިއާއެކު، އިސްރާއީލު ސީދާ ހަނގުރާމައިގެ ތެރެއަށް ވެއްދި، ކުރިމަތިލުންތައް ފުޅާވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ.
މިކަން އިތުރަށް ގޯސްވަނީ، މޮސާޑުގެ ވެރިޔާ ރޯމަން ގޮފްމަން ވޮޝިންޓަނަށް ކުރި ދަތުރާއި، އެމެރިކާގެ އިސް އޮފިޝަލުންނާ އެކު ސައްލާ ކުރި ކަމުގެ ރިޕޯޓުތަކެވެ. ރިޕޯޓުތައް ބުނާ ގޮތުން، އޭނާ ވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ފައުސް އާ ގުޅޭ ޖާސޫސީ ދޮގު މައުލޫމާތުތައް އެމެރިކާއާ ހިއްސާކޮށްފައެވެ.
ފަރުބަދައިގެ ސިއްރު
ފަރުބަދަ ފައުސް އަކީ ތެހްރާންގެ ދެކުނުން ނަތަންޒް ފެސިލިޓީއާ ދެ ކިލޯމީޓަރު ކައިރީގައި އޮންނަ، ފަރުބަދައިގެ ފުން ބިންގަރާސްތަކެއް ހިމެނޭ ތަނެކެވެ. އިރާނުން ބުނަނީ މިއީ ކުރިއަރާފައިވާ ސެންޓްރިފިއުޖް އުފައްދާ ތަނެއް ކަމަށެވެ. ނަމަވެސް، އެމެރިކާ އާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުން ތުހުމަތު ކުރަނީ، މިއީ ޔުރޭނިއަމް ފައްކާކުރާ ސިއްރު ފެސިލިޓީއެއް ކަމަށެވެ.
މިތަނުގެ ތެރޭގައި 90 އިންސައްތައަށް ޔުރޭނިއަމް ފައްކާކުރެވޭނެ ގާބިލުކަން ހުރި ކަމަށް ބުެނ ޔަހޫދީން އެމެރިކާއަށް ވަސްވާސް ދެއެވެ. އަދި މިތަނުގެ ފުންކަމާއި ހަރުކަމުން، އެމެރިކާގެ ބޮންތަކުން ވެސް މުޅިން ހަލާކުކޮށްލަން އުނދަގޫވާނެ ކަމަށް ބެލެވެއެވެ.







