އީރާނުން ޔަހޫދީ ރެޖީމަށް ހަމަލަ ދީފާނެތީ އުދުހޭ ބޯޓު ދަތުރުތައް ހުއްޓާލަނީ

އިޒްރޭލުގެ 12 ވަނަ ޗެނަލުން ރިޕޯޓްކުރާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރިއަށްދާ ކުރިމަތިލުންތަކުގެ މުސްތަޤުބަލާމެދު ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާނެ ނިންމެވުމަކަށް އިންތިޒާރު ކުރަމުންދާ މި ދަނޑިވަޅުގައި، އިޒްރޭލު ވަނީ ހައި އެލާޓަކަށް އައިސްފައެވެ.

އެ ޗެނަލުން އިތުރަށް ބުނާ ގޮތުގައި، އިޒްރޭލަށް އަންނަ އަދި އިޒްރޭލުން ފުރާ ބައިނަލްއަޤްވާމީ ފްލައިޓްތައް ބޭރުގެ އެއާލައިންތަކުން ކެންސަލް ކުރަން ވަނީ ފަށާފައެވެ. މިގޮތުން އެންމެ ފުރަތަމަ މި ފިޔަވަޅު އަޅާފައިވަނީ އިޓަލީގެ އެއާލައިނަކާއި އޮސްޓްރިއާގެ އެއާލައިނަކުންނެވެ. މިއީ ކުރިއަށް އޮތްތަނުގައި ހިނގާފާނެ ކަންތައްތަކެއްގެ އިޝާރާތެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!