އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ:
-
އިރާނަށް އެމެރިކާއިން ވަރުގަދަ އަދި ފުޅާ ދާއިރާއެއްގައި ހަމަލާއެއް ދޭން އުޅޭ ކަމަށް ބަލައި، ރޭ އިސްރާއީލުން އެކަމަށް ތައްޔާރުވި ކަމަށެވެ.
-
މިއީ މުޅި މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެދާނެ ފަދަ ބޮޑު ހަމަލާއަކަށް ވާނެތީ، އަދި އެ ހަމަލާގެ ރައްދުގައި އިރާނުން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފިނަމަ، އެ ހަމަލާތަކުގައި އިސްރާއީލުން ބައިވެރިވާން ޖެހިދާނެ ކަމަށް ބަލައި ޔަހޫދީ ރެޖީމުން ތައްޔާރުވިއެވެ.
-
ލަފާކުރެވޭ ގޮތުގައި، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެ ހަމަލާ ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު ފަސްކޮށް، މަޝްވަރާތަކަށް ކުރުމަށް އިރާނަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމަވާފައެވެ.







