ބްލޫމްބާގް: ހަނގުރާމައިގެ ހާލަތާމެދު ބްރޯ ޑިޕްރެސްވެ، އީރާނަށް ބޮޑެތި ގެއްލުންތަކެއް ދޭން ވިސްނަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަނގުރާމަ ކާމިޔާބު ނުވުމުގެ ސަބަބބުން މިހާރުގެ ހުންނެވީ ވަރަށް ބޮޑު ޑިޕްރެޝަނެއްގައި ކަމަށާއި، އީރާނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ޓްރަމްޕް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފިއެވެ.

އެ އެޖެންސީން އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ ބުނާ ގޮތުގައި، ޓްރަމްޕްގެ ވިސްނުން ވަނީ އީރާނާ ދެކޮޅަށް ބަދަލު ހިފުމުގެ ސިޔާސަތަކަށް ބަދަލުވެފައެވެ.

މީގެ އިތުރުން، އެމެރިކާގެ ކޮންގްރެސްގައި ހަނގުރާމައަށް ބޭނުންވާ އިތުރު ފައިސާގެ ޕެކޭޖް ފާސްނުވެ ހުއްޓިފައި އޮތުމުގެ ސަބަބުން، ހަނގުރާމައިގެ ޚަރަދުތައް ހަމަޖެއްސުމަށް ޓްރަމްޕްގެ އިދާރާއަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

މިކަމުގެ ސަބަބުން އެހެން ފައިސާ ހޯދާނެ ގޮތްތައް ހޯދުމަށް އިދާރާއިން މަސައްކަތްކުރަމުންދާ ކަމަށާއި، މި ހާލަތުގެ ސަބަބުން ޓްރަމްޕްގެ އިދާރާއާއި އެމެރިކާގެ ކޮންގްރެސްއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެފައިވާ ކަމަށް ވެސް ބްލޫމްބާގްއިން ރިޕޯޓްކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!