ޓްރަމްޕް: ހުރްމުޒްގައި ގެއްލުން ލިބުނު އުޅަނދުތަކަށް ބަދަލު ދޭނީ އީރާނުގެ ފައިސާއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުތަކަށް ލިބުނު ގެއްލުންތަކަށް ބަދަލު ދިނުމަށްޓަކައި، އެމެރިކާގައި ފޭރިގެންފައިވާ އީރާނުގެ ފައިސާ ބޭނުންކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، އީރާނާ ބެހޭގޮތުން ޓްރަމްޕް ދެއްކެވި ހޮޅި ވާހަކަތަކުގެ މުހިންމު ނުކުތާތައް:

  • ހިސާރުގެ މައްސަލަ: އީރާނަށް ދަތިކުރުމުގެ ގޮތުން ކަނޑުމަގުން އަޅާފައިވާ ހިސާރު ކުރުން އުވާލުމަށް އީރާނުން "އާދޭސް" ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

  • ނިއުކްލިއާ ނުރައްކާ: އީރާނުގެ ނިއުކްލިއާ ހަތިޔާރުގެ ނުރައްކާ އެމެރިކާއިން ވަރަށް އަވަހަށް ނައްތާލާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

  • މަޝްވަރާތައް: މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ އީރާނުން މެދުވެރިން މެދުވެރިކޮށް އެދިގެން ފެށި މަޝްވަރާތަކެއް ކަމަށާއި، މިކަމުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މި ހާދިސާތަކާ ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ޓްރަމްޕްގެ މި ނިންމުމަކީ އީރާނަށް އިތުރު ފިއްތުންތަކެއް ކުރިމަތިވާނެ ކަމެއްގެ ގޮތުގައި ސިޔާސީ މާހިރުން ދެކެއެވެ.

މަޝްވަރާ ކުރާ ކަމށްް ބުނެ ދޮގު ވާހަކަ ފަތުރައި ތެލުގެ ބާޒާރަށް ހަމަޖެހުމެއް ގެނަސްދޭން ޓްރަމްޕް އަބަދުވެސް މަސައްކަތް ކުރެއެވެ. މިފަހަރުވެސް މިއީ އެފަދަ ދޮގެއް ކަމަށް ބެލެވެއެވެ. އީރާނުގެ ޚާރިޖިއްޔާ ތަރުޖުމާން އިސްމާއީލް ބަގާއީ ވަނީ މަޝްވަރާއެއް ކުރިއަށް ނުދާކަމަށް ވިދާޅުެވފައެވެ.

ހިއްސާ ކުރައްވާ!