އިރާގް މަސްއޫލުވެރިޔާ އަތުން 20 މިލިއަން ޑޮލަރާއި ރަންތަކެއް ހޯދައިފި

އިރާގުގެ މަރުކަޒީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޖިނާއީ ކޯޓުން، ޕެޓްރޯލިއަމް މިނިސްޓްރީގެ ކުރީގެ އޮފިޝަލް އަދި މިހާރު ހައްޔަރުކޮށްފައިވާ އަދުނާން އަލްޖުމައިލީގެ މައްސަލައާ ގުޅިގެން 27 ބިލިއަން ދިނާރު (20.6 މިލިއަން އެމެރިކާ ޑޮލަރު) ހޯދާފައިވާކަން އިއުލާނުކޮށްފިއެވެ. ފޮޓޯއިން މި ފެންނަނީ އޭނާގެ އަތުން ހޯދާފައިވާ ފައިސާއެވެ.

އިރާގުގެ ރަސްމީ ނިއުސް އެޖެންސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފައިސާ ހޯދާފައިވަނީ އަލްޖުމައިލީ އާއި އޭނާއާއެކު މި މައްސަލައިގައި ބައިވެރިވި ފަރާތްތަކުން ހިންގި މަޝްރޫއުތަކުން ލިބުނު ފައިސާ ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ފައިސާތައް ހުރީ އެކި ފަރާތްތަކުގެ އަތުގައި ފޮރުވާފައެވެ.

  • މިދިޔަ ބުދަ ދުވަހު، ސަލާހުއްދީން ޕްރޮވިންސުން ވަނީ 13 ބިލިއަން ދިނާރާއި، 400،000 ޑޮލަރުގެ އިތުރުން 40 ރަން ބުރި ވެސް އަލްޖުމައިލީގެ މައްސަލައާ ގުޅިގެން ހޯދާފައެވެ. މީގެ އިތުރުން މަކަރާއި ހީލަތުން ހޯދި 1.143 ބިލިއަން ދިނާރު ވެސް ވަނީ އަނބުރާ ހޯދާފައެވެ.

  • ޕެޓްރޯލިއަމް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދުނާން އަލްޖުމައިލީ ހައްޔަރުކުރީ މެއި މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރަނީ އޭނާގެ މަގާމުގައި ހުރި ދުވަސްވަރު ހިންގި މަޝްރޫއުތަކުގައި ފައިސާ ބޭކާރުކުރިކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކެވެ.

ހިއްސާ ކުރައްވާ!