އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އިރާގުގެ ބޮޑުވަޒީރު އަލީ އައްޒައިދީ، ބުރާސްފަތި ދުވަހު އީރާނުގެ ވެރިރަށް ތެހެރާނުގައި، އީރާނުގެ ރައީސް މަސްޢޫދުގެ ޕަޒެޝްކިއާންއާ ބައްދަލުކުރައްވައިފިއެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށް އިރާގްގެ ބޮޑު ވަޒިރު ވިދާޅުވެއެވެ.
މީޑިއާ ބުނާ ގޮތުން އައްޒައިދީ ތެހެރާނަށް ވަޑައިގަތީ އެމެރިކާގެ ރައީސް ހަވާލުކޮށްފައިވާ ސިޓީއެއް އީރާންގެ ރައީސަށް އެރުވުމުގެ މަގްސަދުގައެވެ. ޓްރަމްޕް އީރާން ހަނގުރާމައިގައި ބަނދެވުމުން ދަނީ އެއިން ނިކުންނާނެ ތީރި ގޮތެއް ހޯދަމުންނެވެ.
އިރާގުގެ ރަސްމީ ޚަބަރު ފަތުރާ އޭޖެންސީން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ޒައިދީ ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ އެކި ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ މެދު މަޝްވަރާކޮށްފައިވެއެވެ.




