އިންޑިއާގައި ސުޕާރީ ޕްލާސްޓިކްގައި ބަންދުކުރުން މަނާކޮށްފި

އިޖުތިމާއީ މައްސަލަތަކާއި ތިމާވެށީގެ ނުރައްކާތަކާ ދެކޮޅަށް މުޅި ދުނިޔޭގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ މައި އިދާރާ ފިސާއީ އިން ސުޕާރީއާއި ޕާން މަސާލާ ޕެކް ކުރުމުގައި ޕްލަސްޓިކާއި ފޮއިލް ބޭނުންކުރުން މުޅިން މަނާކޮށްފިއެވެ. މި އާ އިންތިޒާމާ އެކު، ކާބޯތަކެތީގެ ސިނާއަތަށް އަދި ޚާއްޞަކޮށް ޕާން މަސާލާ އުފައްދާ ފަރާތްތަކަށް ވިޔަފާރީގެ އައު މަރުޙަލާއަކަށް ކުރިމަތިލާން ޖެހިފައިވެއެވެ.

އިންޑިއާގެ ގެޒެޓްގައި އަންގާރަ ދުވަހު ޝާއިޢުކުރި، 2026 ވަނަ އަހަރުގެ 'ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑްސް (ޕެކޭޖިން) އެމެންޑްމަންޓް ރެގިއުލޭޝަންސް' ގެ ދަށުން، މި އާ ޤަވާއިދު ވަގުތުން އަމަލުކުރަން ފަށާފައިވާ ކަމަށް ދައްކައެވެ.

ޕެކޭޖިންގެ އާ މިންގަނޑުތަކާއި ހަރުކަށި ފިޔަވަޅުތައް

ރެގިއުލޭޓްރީ އިދާރާ ފިސާއި އިން ގެނައި މި ބަދަލާއެކު، ކުރިން ޕާން މަސާލާ ބަންދުކުރުމަށް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އައި ޕްލަސްޓިކް ޕެކެޓްތަކާއި، ފޮއިލްތަކާއި، ވަނީ ޤާނޫނީ ގޮތުން މަނާކޮށްފައެވެ.

އާ ޤަވާއިދު ބަޔާންކުރާގޮތުން، މިއަދުން ފެށިގެން ޕާން މަސާލާ ބަންދުކުރަންވާނީ ހަމައެކަނި ކަރުދާސް، ނުވަތަ އެ ނޫންވެސް ޕްލަސްޓިކްގެ އެއްވެސް އަސަރެއް ނެތް ޤުދުރަތީ މާއްދާތަކުން އުފައްދާފައިވާ ތަކެތީގައި އެކަންޏެވެ. އަދި މީގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ޒަމާނީ ކޮންޓެއިނަރުތަކުގެ ބަދަލުގައި، ޓިން ނުވަތަ ބިއްލޫރި ފަދަ ތަކެތީގައި ކާބޯތަކެތި ބަންދުކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

މި ބަދަލާ ގުޅިގެން ޕާން މަސާލާ އުފައްދާ ބޮޑެތި ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުގެ ޕެކޭޖިންގ ލައިންތަކާއި ސަޕްލައި ޗޭން މުޅިން އަލުން މުރާޖައާކުރަން ފަށާފައެވެ. ތިމާވެށި ހިމާޔަތްކުރުމަށް 2016 ވަނަ އަހަރު އެކުލަވާލެވުނު 'ޕްލަސްޓިކް ވޭސްޓް މެނޭޖްމަންޓް ރޫލްސް' ގެ ބާރުގެ ދަށުން ގެނަސްފައިވާ މި ބަދަލަކީ، ކުނީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ތިމާވެށީގެ މާހިރުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!