ލުބުނާނުގެ ފުލުހުން ވަނީ އެ ގައުމުގެ އެކި އަވަށުގެ ތަފާތު މިސްކިތްތަކަށް ގޮސް އިސްލާމްދީނަށް ވަންނަ ކަމަށް ހަދައިގެން ފައިސާ ހޯދަމުން ދިޔަ ކެމަރޫން ރައްޔިތަކު ހައްޔަރުކޮށްފައެވެ.
އޭނާ ކޮންމެ މިސްކިތަކަށް ގޮސް، އޭނާއަކީ ކްރިސްޓިއަނެއް ކަމަށާއި އިސްލާމްދީން ގަބޫލުކުރަން ބޭނުންވާ ކަމަށް ބުނެއެވެ. އެއާއެކު އާންމުން ތަކްބީރު ކިޔައި އުފާކުރުމުގެ ހަފުލާއެއް ބާއްވައި، ހެޔޮއެދޭ މީހުން އޭނާއަށް އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދެއެވެ.
މީގެ އިތުރުން އޭނާ ވަނީ ފާދިރީންނާއި ކްރިސްޓިއަނުންގެ ގާތަށް ގޮސް، އޭނާއަކީ މުސްލިމެއް ކަމަށާއި ކްރިސްޓިއަން ދީނަށް ވަންނަން ބޭނުންވާ ކަމަށް ބުނެ އެ މީހުންގެ އަތުންވެސް ހަމަ މިގޮތަށް ފައިސާ ހޯދާފައެވެ.







