އީރާނާއެކު ވާހަކަ ދައްކައި ދިނުމަށް އޮސްޓްރިއާ އާއި ގްރީސްގެ އެހީއަށް އެމެރިކާއިން އެދިއްޖެ

އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އެމެރިކާއަށް ކުރިމަތިވެފައިވާ ގޮން ޖެހުމަށް ހައްލެއް ހޯދުމަށް އޮސްޓްރިއާ އާއި ގްރީސްއިން ސިއްރު ޑިޕްލޮމެޓިކް ވާހަކަތަކެއް ފަށައި ދިނުމަށް އެމެރިކާއިން އެދުމުން އެކަން ފަށައިފިއެވެ.

"ވޮޝިންގްޓަން ޕޯސްޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ވަނީ ކުރީގެ މެދުވެރިން މެދުވެރިކޮށް ކުރި މަސައްކަތްތައް ނަތީޖާއަކާ ހަމައަށް ނުދިއުމުން، ޔޫރަޕުގެ މި ދެ ގައުމު މެދުވެރިކޮށް ތެހެރާނަށް ވިސްނައި ދިނުމަށް އެދު މި ދެ ގައުމުގެ އެހީ ހޯދާފައެވެ.

މި ހަފުތާގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ވޮޝިންގްޓަންގައި އޮސްޓްރިއާގެ ޚާރިޖީ ވަޒީރު ބިއާޓް މައިނަލް ރައިޒިންގަރއާ ބައްދަލުކުރައްވައި ފައެވެ.، އަދި، ގްރީސްގެ ޚާރިޖީ ވަޒީރު ޖޯޖް ޖެރާޕެޓްރިޓިސްއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުންތަކަށްފަހު ވަގުތުން ދެ ގައުމުގެ ޚާރިޖީ ވަޒީރުން ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އަައްބާސް އަރާގްޗީއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

މި ވާހަކަތަކުގައި އޮސްޓްރިއާއިން ބައިވެރިވަނީ އޮސްޓްރިއާގެ ވިއެނާގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ހުންނާތީ އީރާނުގެ ނިއުކްލިއާ މައްސަލަތަކުގައި އެ ގައުމުގެ ދައުރު ބޮޑުވުމުންނެވެ.

ގްރީސްއަކީ ކަނޑުދަތުރުފަތުރުގެ ބޮޑު ހިއްސާއެއް އޮންނަ ގައުމަކަށްވެފައި، ހުރުމުޒު ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ އެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމެކެވެ.

މި ޑިޕްލޮމެޓިކް ހަރަކާތްތައް ވަރުގަދަވެފައި މިވަނީ، މިދިޔަ ޖޫން މަހު އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރެވުނު އެމެރިކާއިން ޚިލާފްވި ފަހުމުނާމާގެ މުއްދަތު އޮގަސްޓު 17 އަށް ހަމަވާން ކައިރިވެފައިވަނިކޮށެވެ.

އެމެރިކާގެ ބަޑި ގުދަންތަކުން މުހިންމު ހަތިޔާރުތައް މަދުވުމާއި އިގްތިސާދީ ގޮތުން ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން، ކުރިއަށް އޮތް ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގެ ކުރިން ޓްރަމްޕް ދަނީ ބޯ ސަލާމަތް ކުރެވޭތީ އެކި ފަރާތްފަރާތުގައި އާދޭސް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!