ޕާކިސްތާނުގެ ކާރުތަކަށް ބަންގްލަދޭޝްގެ ބާޒާރު ހުޅުވާލައިފި

ޕާކިސްތާނުގައި އެސެމްބަލްކުރާ އެމްޖީ މަރުކާގެ އުޅަނދުތައް ބަންގްލަދޭޝްގެ ބާޒާރަށް ތައާރަފުކުރުމަށް ދެ ގައުމުގެ ކުންފުނިތަކުގެ މެދުގައި ވެވިފައިވާ އެއްބަސްވުމާއެކު، ބަންގްލަދޭޝްގެ އުޅަނދުގެ ވިޔަފާރީގެ ބާޒާރަށް ވާދަވެރިކަމެއް ގެނަސްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 5,800 ކާރު ބަންގްލަދޭޝްއަށް ޕާކިސްތާނުން އެކްސްޕޯޓް ކުރުމަށް ވަނީ ރޭވިފައެވެ.

ޕާކިސްތާނުގެ އެސެމްބަލީ ޕްލާންޓްތަކުގައި ބައިނަލްއަގުވާމީ ސޭފްޓީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުނުކުރާ ކަމަށް ބުނެ ބަނގްލަދޭޝްގެ ބާޒާރަށް ޕާކިސްތާނުގެ އުޅަނދުތައް ވެއްދުމަށް ދެކޮޅު ހަދާ ފަރާތްތަކެއްވެސް އުޅެއެވެ.، އެ ފަރާތްތަކުން ބުަނނީ ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ، ބަންގްލަދޭޝްއިން ޕާކިސްތާންގެ ކާރުތަކުގެ ފެންވަރު ވަކިވަކިން ޓެސްޓްކުރަންޖެހެއެވެ.

އަދި ބަންގްލަދޭޝްއިން ބޭރުގެ ހުރިހާ ކާރު އުފައްދާ ކުންފުނިތަކަށް ހަމަހަމަ ފުރުސަތެއް ދިނުމަށްވެސް ވަނީ ގޮވާލާފައެވެ. އޭގެ އިތުރުން ސަރުކާރުން ބަނގްލަދޭޝްގައި އަމިއްލައަށް ކާރު އެސެމްބްލް ކުރުމަށް ހިތްވަރުދީ އެ ޓެކްނޮލޮޖީ ބަންގްލަދޭޝްއަށް ހޯދުމަށް އިސްކަން ދިނުމަށްވެސް އެފަރާތުން ވަނީ ގޮވާލާފަެއެވެ. 

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް