ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަލުން ޖަލަށް ބަދަލުކޮށްފި

ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރު ޢައްޠާޢުﷲ ޠަރާރު ވިދާޅުވި ގޮތުގައި، ޕާކިސްތާން ތަޙްރީކޭ އިންޞާފް (ޕީޓީއައި) ގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްއިން ޞިއްޙީ ފަރުވާ ހޯއްދަވާފައެވެ. އަދި އޭނާ އަޑިއާލާ ޖަލަށް އަނބުރާ ގެންދިއުމުގެ ކުރިން ޞިއްޙީގޮތުން ފުރިހަމައަށް ދުޅަހެޔޮކަން ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ކުރީގެ ބަޔާންތަކުގައި އިމްރާން ޚާން ގެންދެވުނު ހޮސްޕިޓަލުގެ ނަން ސީދާކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ހަފުތާގެ ކުރީކޮޅު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އިމްރާން ޚާން ޚާއްޞަ ހޮސްޕިޓަލެއް ކަމަށްވާ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ގެންދިއުމަށް އަންގާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ހަރުކަށި ސަލާމަތީ ފިޔަވަޅުތަކާއެކު އޭނާ ގެންދެވުނީ އެ އަމިއްލަ ފަރާތްތަކުން ހިންގާ ޞިއްޙީ މަރުކަޒަށެވެ.

ނަމަވެސް، މިނިސްޓަރު ޠަރާރު ވަނީ މިކަމާ ގުޅޭގޮތުން އިތުރު ސާފުކުރުންތަކެއް ގެންނަވާފައެވެ.އެގޮތުން އިމްރާން ޚާން ގެންދެވުނީ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ މައި ހޮސްޕިޓަލެއް ކަމަށްވާ ޕިމްސް އަށެވެ. އަދި ފާއިތުވި މަސްތަކުގައި ވެސް ލޮލުގެ އާލާސްކަންފުޅަކަށް އެ މަރުކަޒުން އޭނާ ފަރުވާ ހޯއްދަވާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!