އީރާނަށް ހެނދުނާއި ހަވީރު ހަމަލަ ދޭން ޓްރަމްޕް ދަނީ ވިސްނަމުން

ހުރުމޒު ކަނޑުއޮޅީގައި އެމެރިކާއަށް ބާރުވެރިކަން އޮތް ކަން އީރާނުން ގަބޫލު ނުކުރުމުން އީރާނަށް އަބަދު ދިނުމުގެ ގޮތުން ހެނދުނާއި ހަވީރު އީރާނަށް ހަމަލަ ދޭން ޓްރަމްޕް ނިންމައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އިސް މުޝީރުންނާއެކު މި ކަން ހަގީގަތަށް ހެދުމަށް މަޝްވަރާ ކުރައްވަމުންދާ ކަމަށް "އެކްސިއޯސް" ނޫހުން އެމެރިކާގެ އިސް މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓު ކުރެއެވެ. ތްރަމްޕް މި ކަމާ މެދު ވިސްނާފައި ވަނީ ލާރަކް ޖަޒީރާގައި ހުރި އީރާނުގެ މިސައިލް ލޯންޗަރުތަކަށް އެމެރިކާއިން ދިން ހަމަލައާ ގުޅިގެން ޖޯޑަންގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް އީރާނުން ގޮއްވާލައި ކާމިޔާބު ހަމަލައެއް ދިނުމާ ގުޅިގެންނެވެ. އޭގެ އިތުރުން އީރާނުން ވަނީ އަބޫދާބީ ބަނޑަހަޖަހައިގެން ތިބޭ އެމެރިކާ ސިފައިންނަށްވެސް ހަމަލަ ދީފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ތައްޔާރުކޮށް، ދިފާއީ ވަޒީރު ޕީޓް ހެގްސެތު ތާއީދުކުރައްވާފައިވާ ޓްރަމްޕްގެ މި އަސްކަރީ ރޭވުމުގެ މައިގަނޑު ބޭނުމަކީ، އީރާނަށް ހަމަލަތައް ދީ، ހުރުމުޒު ކަނޑުއޮޅިން ރައްކާތެރިކަމާއެކު އާގުބޯޓުގެ ހަރަކާތްތަކަށް މަގުފަހިކޮށްދިނުމެވެ.

މި ފަހުން އީރާނުން އެމެރިކާގެ އެފް-35 މަތިންދާބޯޓަކަށް އަމާޒުކޮށް އެންޓި-އެއާކްރާފްޓް މިސައިލެއް ފޮނުވާލުމާ ގުޅިގެން، އެމެރިކާ ސިފަިއންގެ މެދުގައި ނުތަނަވަސްކަން ވަނީ އުފެދިފައެވެ. އަދި ޓްރަމްޕް ވަނީ އެކަމަށް ބަދަލު ހިފުމުގެ ގޮތުން އީރާނަށް ވަރުގަދަ ރައްދެއް ދެއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ސެންޓްކޮމްގެ އޮފިޝަލުން ބުނާ ގޮތުގައި އީރާނުގެ އަސްކަރީ ގާބިލުކަން މިހާރު އަނެއްކާވެސް ފެންނަނީ ކުރިއަށް ވުރެން ވަރުގަދަ ވެފައިވާ ތަނެވެ. އަދި އީރާނު ބަލި ކުރެވޭނީ ސިލްސިލާ ހަމަލާލާތަކެއް ދީގެންނެވެ.

މިދިޔަ އޭޕްރީލް މަހު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމާ އެމެރިކާއިން ބަނީ ޚިލާފް ވެފައެވެ.

އެއަށްފަހުިވެސް އެމެރިކާއަށް އީރާން ކޮންޓްްރޯލު ނުކުރެވިގެން އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށް ފައެވެ. އަދި، ކަނޑުގެ މަގުން ތެޔޮ ބޭރުކުރުން ބަންދުކޮށްފައެވެ.

ހިއްސާ ކުރައްވާ!