ޕާކިސްތާންގެ އެކްސްޕޯޓު ދަށްވެ ވިޔަފާރި ދަރަނި އިރތުރު ވެއްޖެ

ޕާކިތާނުގެ ވިޔަފާރީގެ ދަރަނި މި ހިނގާ މާލީ އަހަރުގެ ފުރަތަމަ ދެ މަސްދުވަސް ކަމަށްވާ ޖުލައިއާއި އޮގަސްޓްގައި ކުރީ އަހަރުގެ މި މުއްދަ­ތާ އަޅައިބަލާއިރު 18.1 އިންސައްތަ އިތުރުވެ، 7.12 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ. ޕާކިސްތާނުގެ ސްޓެޓިސްޓިކްސް ބިއުރޯ (ޕީބީއެސް) އިން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ ކުރީ އަހަރުގެ މި މުއްދަތުގައި 6.03 ބިލިއަން ޑޮލަރުގައި ހުރި އަދަދެކެވެ.

ޕާކިސްތާންގެ ވިޔަފާރީގެ ދަރަނި އުތުރުވާން މެދުވެރިވީ އިމްޕޯޓު ކުރާ މިންވަރު އަވަސް ސްޕީޑެއްގައި އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން، މި މުއްދަތުގައި އިމްޕޯޓްކުރި މިންވަރު ވަނީ 13 އިންސައްތަ އިތުރުވެ، 12.58 ބިލިއަން ޑޮލަރަށް އަރާފައެވެ. ކުރީ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 11.13 ބިލިއަން ޑޮލަރުގައެވެ.

މި މުއްދަތުގެ ތެރޭގައި ޤައުމުން އެކްސްޕޯޓް ކުރި މިންވަރު ވަނީ 7 އިންސައްތަ އިތުރުވެ، 5.10 ބިލިއަން ޑޮލަރުން 5.46 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ. ނަމަވެސް، މަހުން މަހަށް ބަލާއިރު، 2026 ވަނަ އަހަރުގެ އަގަސްތު މަހު ޕާކިސްތާނުގެ ވިޔަފާރީގެ ދަރަނި ވަނީ 19.7 އިންސައްތަ ދަށަށް ގޮސްފައެވެ. ޖުލައި މަހު 3.95 ބިލިއަން ޑޮލަރުގައި ހުރި އިމްޕޯޓު އެކްސްޕޯޓާ އަޅައި ކިޔާ ދަރަނި، އޮގަސްޓް މަހު ވަނީ 3.17 ބިލިއަން ޑޮލަރަށް ދަށްވެފައެވެ.

އޮގަސްޓް މަހުގެ ވިޔަފާރީގެ ފަރަގު މަހުން މަހަށް ދަށްވި ނަމަވެސް، 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ރެކޯޑުކުރި 2.87 ބިލިއަން ޑޮލަރާ އަޅައިބަލާއިރު މިއީ 10.4 އިންސައްތައިގެ އިތުރުވުމެކެވެ.

މި ވިޔަފާރީގެ ދަރަނި ބޮޑުވަމުންދިއުމަކީ ޕާކިތާނުގެ އިޤުތިސާދީ އިސްލާޙީ ޕްރޮގްރާމުގެ ދަށުން ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވާ ގޮންޖެހުމެކެވެ. ސަރުކާރުން އަންނަނީ އެކްސްޕޯޓް އިތުރުކުރުމާއި، އެކްސްޕޯޓްކުރާ ބާޒާރުތައް ތަފާތު ކުރުމުގެ އިތުރުން ކޮންމެހެން ބޭނުން ނުވާ މުދާ އެތެރެކުރުން މަދުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

ހިއްސާ ކުރައްވާ!