ހުރުމުޒު ކަނޑުއޮޅީގެ ނަން "ޓްރަމްޕް ކަނޑުއޮޅިއަށް" ބަދަލު ކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއި އިސްލާމީ އުންމަތް ބަލިކޮށްލުމަށް ހިންގަމުން ގެންދާ ނަފްސާނީ ހަނގުރާމައިގައި، ހުރުމުޒު ކަނޑުއޮޅީގެ ނަން "ޓްރަމްޕް ކަނޑުއޮޅި" އަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. ޓެކްސަސްގެ ޑަލަސްގައި އޮތް ރިޕަބްލިކަން ޕާޓީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ދޮގުވާހަކަ ފަތުރަމުން މީހުންގެ ބޯކާން އުޅޭ ޓްރަމްޕް ވިދާޅުވީ، އިރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ނަފްސާނީ ހަނގުރާމައިގައި މިހާރު ވެސް ކުރިއެރުންތައް ލިބެމުންދާ ކަމަށާއި އެ ހަނގުރާމަ ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"އިރާނާ އެކު ކުރިއަށްދާ ހަނގުރާމަ ކާމިޔާބުވުމާ އެކު ތެލުގެ އަގުތައް ވަރަށް އަވަހަށް ދަށަށްދާން ފަށާނެ. އަޅުގަނޑުމެން މިދަނީ އެ ހަނގުރާމަ ކާމިޔާބުކުރަމުން. ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލު އޮތީ އަޅުގަނޑުމެންގެ އަތުގައި. އެހެންކަމުން އެ ތަނަށް ކިޔަންވާނީ 'ޓްރަމްޕް ކަނޑުއޮޅި' ކަމަށް އަޅުގަނޑަށް ފެނޭ. އެކަމުން އަޅުގަނޑަށް ވެސް ކޮންމެވެސް ފައިދާއެއް ލިބެންޖެހޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ އެ ކަނޑުއޮޅީގެ ނަން ބަދަލުކުރުމާ ގުޅޭ ރަސްމީ އިއުލާނެއް ވަރަށް އަވަހަށް ކުރައްވާނެ ކަމަށެވެ. އަދި މި ނިންމުމާ މެދު އިރާނުގެ ވެރިން ވަރަށް ބޮޑަށް ހިތްހަމަޖެހޭނެ ކަމަށް ވެސް އޭނާގެ ޖޯކަރު ސްޓައިލްގައި ވިދާޅުވިއެވެ.

ޓްރަމްޕް މިވާހަކަތައް ދައްކަމުން ގެންދަނީ އީރާނުން އޭނާ ބަލިކޮށްލާފައިވާތީ އެކަން ފޮރުމަށް ކަމަށް އޭނާގެ ދެކޮޅުވެރިން ފާހަގަ ކުރެއެވެ.

ހިއްސާ ކުރައްވާ!