އޮސްޓްރޭލިއާއަށް ކިޔަވަންދާ މީހުންނަށް އަނބިދަރިން ނުގެންދެވޭ ގޮތަށް ހަދަނީ

އޮސްޓްރޭލިޔާގައި މަތީ ތައުލީމު ހާސިލުކުރަން ތިބޭ ބޭރުގެ ދަރިވަރުންނަށް އެމީހުންގެ އަނބިންނާއި ދަރިން އެ ގައުމަށް ގެނައުން މަނާކުރުމަށާއި، ވަގުތީ ވިސާ ގައި އެތެރެވާ މީހުންނަށް ވިސާ ބަދަލުކުރުމުގެ އުސޫލުތައް ހަރުކަށި ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި އާ ސިޔާސަތުތަކަކީ ކުރިއަށް އޮތް އަހަރުތަކުގައި ބޭރުން އަންނަ މީހުންގެ އަދަދު މަދުކުރުމަށް ނިންމާ ނިންމުމެއް ކަމަށް ބުނެއެވެ.

ނޭޝަނަލް ޕްރެސް ކްލަބުގައި ވާހަކަދައްކަވަމުން އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޮނީ ބަރޓްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮސްޓްރޭލިއާގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ބޭރު ޤައުމުތަކުން އަންނަ މީހުންގެ އަދަދު 225،00 އަރާވަރަށް ދަށްކުރުމެވެ. މިހާރު މި އަދަދު ހުރީ ގާތްގަނޑަކަށް 300،000 ގައެވެ. މި ފިޔަވަޅަކީ އެ ޤައުމުގެ ހައުސިންގ އާއި އިންފްރާސްޓްރަކްޗަރަށް ބާރުބޮޑުވަމުންދާތީ، އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެކެވެ.

މިހާރު އޮންނަ އުސޫލުގެ ދަށުން ބޭރު ދަރިވަރުންގެ އަނބިންނާއި ފިރިންނަށް އޮސްޓްރޭލިއާގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް އާ ބަދަލުތަކާއެކު މިފަދަ ފުރުސަތުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދާނެއެވެ. ސިޔާސީ މައިދާނުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، ކޮވިޑްގެ ފުރަބަންދަށްފަހު އޮސްޓްރޭލިޔާގެ ބޯޑަރުތައް ހުޅުވާލުމާއެކު ބޭރުން އަންނަ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

އިޤްތިޞާދީ މާހިރުން ފާހަގަކުރާގޮތުގައި، މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބޭރު ދަރިވަރުންނަށް އޮސްޓްރޭލިޔާއަށް ކިޔަވަން ދިޔުމަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ.

ހިއްސާ ކުރައްވާ!