ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ހެދި ދޮގުތަކަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖެނޮސައިޑް އަމަލުތައް އޮއްބާލުމުގެ ބޭނުމުގައި ދެއްކި ދޮގުތަކެއް ކަމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒުހުރާން މަމްދާނީ ތުހުމަތު ކުރައްވައިފިއެވެ.
މަމްދާނީ ރައްދު ދެއްވާފައި ވަނީ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރަމުން ނިއުޔޯކުގެ މޭޔަރަކަށް މަމްދާނީ އިންތިޚާބުވި ފަހުން އެ ސިޓީގައި ދިރިއުޅޭ ޔަހޫދީންނަށް އަމާންކަން ގެއްލިފައިވާ ކަމަށް ބުނެ ނަތަންޔާހޫ ދޮގު ހެދުމާ ގުޅިގެންނެވެ. އަދި މަމްދާނީއަކީ ހަމާސްއަށް ތާއީދުކުރާ ފަރާތްތަކާ ގުޅުން ބާއްވަވާ ބޭފުޅެއް ކަމަށް ބުނެ ނަތަންޔާހޫ ދޮގު ހެއްޖެވެ. މަމްދާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކިތަންމެ ވަރަކަށް މުޖުރިމު ނަތަން ދޮގު ޖެދިކަމުގައިވި ނަމަވެސް، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރު ނެރެފައިވާ ހަގީގަތް ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
އަދި މީގެ ކުރިން މަމްދާނީ ވަނީ އެމެރިކާގެ ސަރުކާރުން އައިސީސީގެ އަމުރަށް އަމަލުކޮށް ނަތަންޔާހޫ ހައްޔަރުކުރުމަށް ވެސް ގޮވާލައްވާފައެވެ. އަދި ނިއުޔޯކް ސިޓީއަށް ނަތަންޔާހޫ އައުމަކީ މަރުހަބާ ކިޔާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ނަތަން ވަނީ އޭނާގެ ތަގްރީރުގަިއ މަމްދާނީއާއި އޭނާގެ އަނބުކަނބަލުންނަށްވެސް ހަމަލަތައް ދ ދޮގު ވާހަކަތައް ދައްކާފަ އެވެ.
މަމްދާނީ ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖެނޮސައިޑް އުދުވާނަކީ އިންސާނިއްޔަތާ ދެކޮޅު ބޮޑު ޖަރީމާއެއް ކަމަށާއި، އެކަން ފޮރުވުމަށްޓަކައި ދައްކަވާ އެއްވެސް ވާހަކައެއް ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ ކަމަށެވެ.







