ފާއިތުވި ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި މައިންނާއި ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ އަދަދު މަދުކުރުމާއި، ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފުޅާކުރުމުގެ އިތުރުން ތަފާތު ކުޑަކުރުމުގައި ބަންގްލަދޭޝްއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، ކުޑަކުދިން ކައިވެނިކުރުމުގެ މައްސަލަ ހައްލުކުރުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބަންގްލަދޭޝް ޑެމޮގްރަފިކް އެންޑް ހެލްތު ސާވޭ (ބީޑީއެޗްއެސް) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 1993-94 ވަނަ އަހަރު އުމުރުން 20 އާއި 24 އަދަދާ ދެމެދުގެ އަންހެނުންގެ ތެރެއިން 73 އިންސައްތަ މީހުން 18 އަހަރުވުމުގެ ކުރިން ކައިވެނިކޮށްފައި ވެއެވެ. ނަމަވެސް 2022 ވަނަ އަހަރާ ހަމައަށް އައިރު މި އަދަދު ވަނީ 51 އިންސައްތައަށް ދަށްވެފައެވެ. މިއީ ގާތގަނޑަކަށް ތިން އަހަރު ދުވަހުގެ ތެރޭގައި އެންމެ 22 އިންސައްތައިގެ ދަށްވުމެކެވެ. މި ދުވެލި ވަނީ ސަރަހައްދުގެ އެހެނިހެން ގައުމުތަކާ އަޅައިބަލާއިރު ވަރަށް ބޮޑަށް މަޑުޖެހިފައެވެ.
ބަނގްލަދޭޝްގައި މަތީ ސާނަވީ ތައުލީމު ހާސިލުކޮށްފައިވާ އުމުރުން 20 އާއި 24 އަދަދާ ދެމެދުގެ އަންހެނުންގެ ތެރެއިން 25 އިންސައްތަ މީހުން ވަނީ 18 އަހަރުވުމުގެ ކުރިން ކައިވެނިކޮށްފައެވެ. އަދި އެންމެ މުއްސަނދި އާއިލާތަކުގެ މީހުންގެ ތެރެއިންވެސް ގާތގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން 18 އަހަރުވުމުގެ ކުރިން ކައިވެނިކޮށްފައިވާކަން ހާމަވެފައިވެއެވެ.
އެގައުމުގެ އެކި ސަރަހައްދުތަކަށް ބަލާއިރު، ޚުލްނާ އަދި ރާޖްޝާހީ ސަރަހައްދުތަކުގައި ކުޑަކުދިން ކައިވެނިކުރުމުގެ ނިސްބަތް ވަރަށް މައްޗެވެ. އެގޮތުން ޚުލްނާގެ ހުރިހާ އަވަށާކާއި ސަރަހައްދެއްގައި މި ނިސްބަތް 60 އިންސައްތައަށްވުރެ މަތީގައި އުޅޭއިރު، ޗަޕައިނަވާބްގަންޖު ސަދަރު ވަނީ 65.7 އިންސައްތަ އެންމެ މަތީ މިންވަރެއްގައި ރިކޯޑުކުރެވިފައެވެ. މިއާ ޚިދާފަށް، ސެލްހަޓު ސަރަހައްދުގައި މި ނިސްބަތް ހުރީ 43 އިންސައްތައަށްވުރެ ދަށުގައެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކަމާބެހޭ އޮފިޝަލުން ފާހަގަކުރައްވާފައިވަނީ، އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމާއި، ގާނޫނީ ފިޔަވަޅުތައް ހަރުދަނާކުރުމުގެ އިތުރުން އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ކަންކަން ހައްލުކުރުމަށް ކޮންމެހެން ބޭނުންވާ ކަންކަން ކަމަށެވެ.




