ޖެނޮސައިޑް ރެޖީމާއި ބައެއް އަރަބި ޤައުމުތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް ޓްރަމްޕާއި އޭނާގެ ދަނބިކޮއެ އެކުލަވާލި އިބްރާހީމީ މުއާހަދާ އަލުން މަޝްވަރާ މޭޒަށް އައުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުން އިޔާދކުރުމުގެ ފުރުސަތު މިހާރު ވަނީ މީގެ ކުރިއަށް ވުރެން ބޮޑަށް މިހާރު ފަހިވެގެން ގޮސްފައެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫތީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ހިންގާ އޮޕަރޭޝަންތަކަށް ޔަހޫދީ ރެޖީމުން ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ. އަދި އެމެރިކާއާއި ޔަހޫދީ ރެޖީމްގެ ފަރާތުން ލިބެމުންދާ އެއް ބައިވަންތަކުމުގެ ސަބަބުން ސައުދީ ސަރުކާރު އޮތީ "ވަރަށް ބޮޑަށް ހިތްހަމަޖެހިގެން" ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހީމީ މުއާހަދާ އަލުން އިއާދަވުމުގެ ފުރުސަތާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ރައްދުދެއްވަމުން ޓްރަމްޕް ވިދާޅުވީ، މިހާރު އޮތް މަސްރަހާއި ޙާލަތުގެ ސަބަބުން ސައުދީ އަރަބިއްޔާއާއި ޖެނޮސައިޑް ރެޖީމާ ދެމެދު ގުޅުން ގާއިމުކުރުމުގެ މަގުފަހިވެގެންދާނެ އައު ފުރުސަތުތަކެއް ލިބެމުންދާ ކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ، ހޫތީންގެ ނުރައްކަލާ ކުރިމަތިލުމަށް ޔަހޫދީ ރެޖީމުން ދޭ އެހީތެރިކަން ސައުދީ އަރަބިއްޔާއިން ބަލައިގަތުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.


