pixabay
pixabay

އެމެރިކާގެ މަޝްހޫރު "ސިކްސްޓީ މިނިޓްސް" ޕްރޮގްރާމްގެ ބެލުންތެރިން މަދުވެއްޖެ

އެމެރިކާގެ ޓީވީ ތާރީޚުގައި އެންމެ ނުފޫޒުގަދަ އަދި އެންމެ މަޝހޫރު އެއް ޓީވީ ޕްރޮގްރާމް ކަމަށްވާ "ސިކްސްޓީ މިނިޓްސް" ގެ ބެލުންތެރިންގެ އަދަދު ފާއިތުވި ހަފުތާގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ. "ނެލްސަން" ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ޕްރޮގްރާމްގެ ބެލުންތެރިންގެ އަދަދު 10.2 މިލިއަނުން 6.06 މިލިއަނަށް ވަނީ ވެއްޓިފައެވެ. މިއީ އެއް ހަފުތާގެ ތރޭގައި ގާތްގަނޑަކަށް 41 އިންސައްތައިގެ ދަށަށްދިއުމެކެވެ.

މި ވެއްޓުމުގެ ފަހަތުގައި ވަނީ ހަމައެކަނި ޝެޑިއުލިންގެ ބަދަލުތަކެއް ނޫނެވެ. އެއީ ފަލަސްތީނުގެ މައްސަލަތަކާއި ހުޅަނގު އައްސޭރި އަދި ޣައްޒާގެ ހާލަތާ ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި ސީބީއެސް ނިއުސް ފަލަސްޠީނުގެ މީހުންނާ ދެކޮޅުވެރި ވުމުން އުފެދިފައިވާ ބޮޑެތި ޚިލާފު ތަކުގެ ނަތީޖާ އެކެވެ.

މި ޕްރޮގްރާމް ހިންގާ ނެޓްވޯކްގެ އިސްވެރިންނާއި ތަޖުރިބާކާރު ނޫސްވެރިންނާ ދެމެދު ބޮޑެތި ޚިލާފު ތަކެއް އުފެދިފައިވަނީ، ހުޅަނގު އައްސޭރި ގައި އިސްރާއިލީ ވަޒަންވެރިން ހިންގާ ހުޅުޖެހުންތަކާއި އަނިޔާތަކާ ގުޅޭގޮތުން ތައްޔާރުކުރި ޚާއްސަ ރިޕޯޓަކާ ގުޅިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން، ޕްރޮގްރާމްގެ ނުފޫޒުގަދަ ޑައިރެކްޓަރުންނާއި އެ ކުންފުނީގެ އިސްވެރިންނާ ދެމެދު ސިޔާސީ ނުފޫޒު ފޯރުވުމުގެ މައްސަލަތަކުގައި ހޫނު ބަުހުސްތަކެއް ވަނީ ހިނގާފައެވެ. އަދި ޣައްޒާގެ ހަނގުރާމައިގައި މަރުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ހާމަކުރުމާ މެދުވެސް ވަނީ ބަހުސް އުފެދިފެވެ.

މި މައްސަލައާ ގުޅިގެން ޕްރޮގްރާމްގެ އެތެރޭގެ އިންތިޒާމުތަކާއި ސިޔާސަތުތަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި ފަލަސްތީނުގެ ރައްޔިތުންނަށް ސަޕޯޓް އިތުރުވަމުންދާކަމަށް ދައްކައެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި، މީޑިއާގެ ސްޓްރެޓެޖީ ތަކާއި ނޫސްވެރިކަމުގެ ރައްކާތެރި ކަން ހިފެހެއްޓުމަށް މީޑިއާގެ މާހިރުން ދަނީ އިލްތިމާސްކުރަމުންނެވެ.

"ސިކްސްޓީ މިނިޓްސް" ގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި ތަޖުރިބާކާރު ނޫސްވެރިޔާ އަމްޖަދު ތާދުރަސް ފާހަގަކުރެއްވި ގޮތުގައި، ރަނގަޅު ނޫސްވެރިކަމެއް ކުރިއަށްދާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ހަގީގަތްތައް ހޯދުމަށް އިސްކަންދީގެންނެވެ. އަދި ނޫސްވެރިކަމުގެ މައިދާން ގައި އެއްވެސް އިރެއްގައި ނުފޫޒުގަދަ ފަރާތްތަކުގެ ސިޔާސީ މަގުސަދުތަކަށް ބޯލެނބުމަކީ މީޑިއާގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!