އެމެރިކާގައި މަސައްކަތްކުރުމަށްޓަކައި ވިސާއަށް އެދޭ ބޭރު ޤައުމުތަކުގެ ނޫސްވެރިން ޔަހޫދީ ޖެނޮސައިޑް ރެޖީމާ ދެކޮޅަށް ވާހަކަ ދައްކާފައި ވޭތޯއާއި ޖެނޮސައިޑް ކުށްވެރިކޮށް ވާހަކަ ދައްކާތޯ ބަލައި އެމީހުންގެ މީސްމީޑިއާ ސްކޭން ކުރުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.
ކޮންޒަރވޭޓިވް ނޫހެއް ކަމަށްވާ 'ދަ ޑެއިލް ސިގްނަލް' އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ނޫސްވެރިންނަށް ވިސާ ދިނުން ހަރުކަށި ކުރުމަށް ނިންމާފައެވެ. އަދި ވިސާތަކަށް އެދޭ ނޫސްވެރިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޗެކްކުރުމަށްޓަކައި އެ ކައުންޓްތައް ޢާންމުކޮށް ފެންނަން ހުންނާނެ ހެން ޕްރައިވެޓް ކޮށްފައި ނުބެހެއްޓުމަށްވެސް އަންގާފައި ވެއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވިސާ ދިނުމުގެ ކުރިން ބަލަން ބޭނުން ވަނީ އެމީހާ އަކީ ޖެނޮސައިޑާ ދެކޮޅަށް ވާހަކަ ދައްކައި ޔަހޫދީ ޖެނޮސައިޑް ރެޖީމް ކުށްވެރިކުރާ މީހެއްތޯއެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވީ ޤައުމީ ސަލާމަތާއި ރައްޔިތުންގެ ސަލާމަތަށްޓަކައި، އެމެރިކާއަށް ވަންނަން އެދޭ ބޭރު ޤައުމުތަކުގެ ކޮންމެ ރައްޔިތެއްގެ ކަންކަން ވެސް ޤާނޫނީ މިންގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމައަށް ބަލައި ފާސްކުރަމުންދިއުމަކީ އެމީޙުންގެ ޒިންމާއެއް ކަމަށެވެ.
މި ފިޔަވަޅަކީ ޓްރަމްޕްގެ ސަރުކާރުން އިމިގްރޭޝަނާއި ވިސާގެ ކަންކަމުގައި އޮންލައިންކޮށް ފާޅު ކުރާ ޚިޔާލުތަކަށް ބަލައިގެން ފިޔަވަޅުއެޅުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށްވެސް ބުނެފައި ވެއެވެ.






