އެމެރިކާގެ ހަތިޔާރު ގުދަސް ހުސްވިކަމަށް ބުނި މީޑިއާއާ ދެކޮޅަށް ފިޔަވަޅު އަޅަނީ

އެމެރިކާގައި ނުރައްކާތެރި މިންވަރަކަށް ހަތިޔާރާއި ވަސީލަތް މަދުވެފައިވާ ކަމަށް ވާހަކަ ފެތުރުމަކީ ގައުމީ "ޚިޔާނާތެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގައި ފުދޭވަރަށް ހަތިޔާރުގެ ސްޓޮކް އެބަހުރި ކަމަށާއި، އަދިވެސް ގިނަ އަދަދަކަށް ހަތިޔާރު އުފައްދަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ސިއްރު މައުލޫމާތުތައް ބޭޒާރުކުރާ ފަރާތްތައް ހޯދައި، އެމީހުންނަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިންޒާރު ދެއްވިއެވެ.

މީޑިއާ ރިޕޯޓުތަކާއި ދިފާއީ ވަޒީރުގެ ބަސް

  • ސީއެން.އެން ގެ ރިޕޯޓު: ސޮލީބީ ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ޑިފެންސް ސިސްޓަމް "ތާޑް" ގެ މިސައިލްތަކުގެ 80 އިންސައްތަ ހުސްވެފައިވާ ކަމަށާއި، ޕެންޓަގަންގެ ހަތިޔާރުގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށްވެފައިވާ ކަމަށް ސީ.އެން.އެން އިން ވަނީ ރިޕޯޓުކޮށްފައެވެ.
  • ދިފާއީ ވަޒީރުގެ އިންކާރު: އެމެރިކާގެ ހަނގުރާމައިގެ ވަޒީރު ޕީޓް ހެގްސިތު ވަނީ މި ރިޕޯޓުތަކަކީ "ރަނގަޅު ނޫން މައުލޫމާތު" ކަމަށް ވިދާޅުވެފައެވެ.
  • ދުރު ރާސްތާ މިސައިލްތައް މަދުވުން: އީރާނާ ދެކޮޅަށް ފެށުނު ހަނގުރާމައަށް 5 މަސްވެފައިވާއިރު، އެމެރިކާ ސިފައިން ވަނީ ދުރު ރާސްތާގެ ޚާއްސަ މިސައިލްތަކުގެ ބޮޑުބައި ބޭނުންކޮށްފައެވެ.

ހަގުރާމައިގެ ސަބަބުން އިތުރުވަމުންދާ ނުތަނަވަސްކަން

ވޮޝިންޓަން ޕޯސްޓްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމައާ ގުޅިގެން ޓްރަމްޕް ހުންނެވީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އަދި ހަތިޔާރު މަދުވުމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކާ ގުޅިގެން ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސިތުއާ އެކު ކޭމްޕް ޑޭވިޑްގައި ޓްރަމްޕް ވަނީ. ސުއާލު ކުރައްވާފައެވެ. މި މައްސަލާގައި ހެގްސިތު ދިފާއުވެވަޑައިގެން، މިކަމުގެ ޒިންމާ އުފުލަންޖެހޭނީ އޭނާގެ ނައިބު ސްޓެފެން ފައިންބާގް ކަމަށް ވިދާޅުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހިއްސާ ކުރައްވާ!