ޓްރަމްޕް ޑިމޮކްރެޓުންނަށް މަރުޙަބާ ވިދާޅުވެއްޖެ: އިންތިޚާބީ ނާކާމިޔާބީގެ އިލްޒާމް އީރާނުގެ މައްސަލައާއި ފޮކްސް ނިއުސްއަށް އަޅުވައިފި

އެމެރިކާގެ ދައުރުގެ މެދުތެރޭ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ހޯދި ތާރީޚީ ކާމިޔާބީއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުޙަބާ ބިދާޅުވެއްޖެއެވެ. އަދި، ޤައުމުގެ މަސްލަޙަތަށްޓަކައި އެ ޕާޓީއާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަން އިއުލާނު ކުރައްވައިފިއެވެ.

ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި މި ނާކާމިޔާބީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އީރާނުގެ މައްސަލަ ހިމެނޭ ކަމަށާއި، ފޮކްސް ނިއުސް އިން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދިނުން ހިމެނޭ ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރި ސިޔާސީ ސަބަބުތަކުގެ މައްޗަށް އަލިއަޅުުވާލައްވަމުން ޓްރަމްޕް ވިދާޅުވީ، "އީރާނުގެ މައްސަލައަކީ ރިޕަބްލިކަން ޕާޓީއަށް ގޮނޑިތައް ގެއްލެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމަށް ޤަބޫލުކުރެވޭ" ކަމަށެވެ. އެހެންނަމަވެސް، އީރާނުގެ ނުރައްކަލާ ދެކޮޅަށް ސަރުކާރުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ މުހިންމުކަން އެމެރިކާގެ ރައްޔިތުން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރިޕަބްލިކަން ޕާޓީއަށް އާންމުކޮށް ތާއީދުކުރާ ފޮކްސް ނިއުސް ޗެނަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވަނީ، އިންތިޚާބީ ނާކާމިޔާބީގެ ޒިންމާ އެ ޗެނަލުންވެސް ނަގަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ސިފަކުރެއްވި ގޮތުގައި، ފޮކްސް ނިއުސް އިން ދަނީ މެދުކެނޑުމެއްނެތި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ ފަރާތްތަކަށް ވަގުތުދީ، ސަރުކާރާ ދެކޮޅު ޚިޔާލު ތައް ފެތުރުމަށް ފުރުސަތު ދެމުންނެވެ.

ހިއްސާ ކުރައްވާ!