އެމެރިކާގެ ދައުރުގެ މެދު ތެރޭ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ކޮންޓްރޯލެއް އޮތް ސައުތު ކެރޮލައިނާ ސްޓޭޓުގެ ސެނެޓު ގޮނޑި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޑޮކްޓަރ އެނީ އެންޑްރިއުސް ކާމިޔާބުކުރައްވައި، ކުރީގެ ސެނެޓަރު ލިންޑްސީ ގްރަހަމްގެ އާއިލީ ސިޔާސީ ނުފޫޒަށް ނިމުން ގެނެސްފިއެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އެންގުމަށް އޭނާގެ ސީދާ ތާއީދާއެކު ކުރިމަތިލި ކެންޑިޑޭޓަކަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ.
ފާއިތުވި 20 އަހަރަށްވުރެ ގިނަ ދުވަހު ރިޕަބްލިކަން ޕާޓީގެ އަތުގައި އޮތް ސައުތު ކެރޮލައިނާގެ ގޮނޑި ޑިމޮކްރެޓުން ކާމިޔާބުކުރީ، މިއަހަރުގެ ކުރީކޮޅު ނިޔާވި ނުލަފާ ސެނެޓަރު ލިންޑްސީ ގްރަހަމްގެ ކޮއްކޮ ޑާރލީން ގްރަހަމް ބަލިކުރުމަށްފަހުގައެވެ. ލިންޑްސީ ގްރަހަމް މަރުވުމާ ގުޅިގެން އެ ގޮނޑިއަށް ޑަރލީން ގްރަހަމް ނެރުއްވައި، އޭނާއަށް ޕާޓީގެ ޓިކެޓު ހޯއްދަވައިދެއްވުމަށް ރައީސް ޓްރަމްޕް ވަނީ މަސައްކަތް ކުރައްވާފައެވެ.
ލިންޑްސީ ގްރަހަމްއަކީ ޣައްޒާ އާއި ހުޅަނގު އައްސޭރި ގައި ހިންގަމުންދާ ޖެނޮސައިޑް ހަނގުރާމައިގައި، ޣައްޒާގެ ހޮސްޕިޓަލްތަކާއި ސުކޫލްތަކަށް ބޮން އަޅައި ވުޖޫދުން ފޮހެލުމަށް ވަކާލާތުކުރި ހަރުކަށި ނުލަފާ ޒަޔަނިސްޓު ޚިޔާލު ތަކެއް ގެންގުޅުނު މީހެކެވެ. ޑަރލީން ގްރަހަމްވެސް ކެމްޕޭނުގައި ގެންގުޅުނީ އޭނާގެ ނުލަފާ ބޭބެގެ ސިޔާސަތުތަކެވެ. ނަމަވެސް، ރައްޔިތުން ވަނީ އެ ނުލަފާ ބަސްމަގަށް ނޫނެކޭ ބުނެފައެވެ.
މިއީ ސީދާ ޒަޔަނިސްޓުންނާއި ޓްރަމްޕަށް މީހުން ދީފައިވާ މެސެޖެކެވެ.،







