ނާކާމިޔާބީގެ މައިގަނޑު ސަބަބަކީ އީރާން ހަނގުރާމަ: ނައިބު ރައީސް ޖޭޑީ ވެންސް

އެމެރިކާގެ އިންތިޚާބުގައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާއި ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުގެ މައިގަނޑު ސަބަބަކީ އީރާނާއެކު ކުރިއަށްދާ ހަނގުރާމަކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ވެންސް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިންތިޚާބުން ރިޕަބްލިކަން ޕާޓީ ބަލިވި މައިގަނޑު ސަބަބަކީ ހަނގުރާމަކަން ރައީސް ޑޮނަލްޑް ޓްރަމްޕްވެސް އިއްޔެ ރޭ ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. އަދި ވޯޓުލީ މީހުންގެ ޚިޔާލު ހޯދުމުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ގިނަ އަދަދެއްގެ އާންމުން ޑިމޮކްރެޓިކް ޕާޓީއަށް ވޯޓުދިނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށާއި، އިސްރާއީލާއެކު އޮންނަ ގުޅުންތަކަށް ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބަލިވި ސަބަބު އެންމެންނަށްވެސް އެނގޭ. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރުމަށްޓަކައި ހިންގޭ އެއްވެސް އިޚްލާޞްތެރި ބަހުސެއް ފަށަންޖެހޭނީވެސް މި ޙަޤީޤަތުގެ މައްޗަށް ބިނާކޮށް،" ވެންސް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ ކޮންޓްރޯލް ހޯދާފައެވެ.

ހިއްސާ ކުރައްވާ!