އެމެރިކާގެ އިންތިޚާބުގައި ވާދަކުރެއްވި ކޮންގްރެސްގެ 30 އަށްވުރެ ގިނަ މެންބަރުންނަށް އެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފިއެވެ. އިންތިޚާބީ ނަތީޖާތައް މުޅިން ސާފުވަމުންދާއިރު، ގޮނޑި ގެއްލުނު މެންބަރުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ނެޓްވޯކުން ފާހަގަކުރެއެވެ.
ސީއެންއެން އިން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ގިނަ މެންބަރުންނަކީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. ޚާއްސަކޮށް، ދެ ޕާޓީގެ މެދުގައި ވާދަވެރިކަން ބޮޑު "ސްވިންގް ޑިސްޓްރިކްޓް" ތަކުން ވާދަކުރެއްވި ރިޕަބްލިކަން މެންބަރުންނަށް ވަނީ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާންޖެހިފައެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން އިންތިޚާބުގައި ގޮނޑި ގެއްލުނު ހަމައެކަނި ބޭފުޅަކީ ކެލިފޯނިއާ ސްޓޭޓުގެ 34 ވަނަ އިންތިޚާބީ ދާއިރާގެ މެންބަރު ޖިމީ ގޯމޭޒްއެވެ. އޭނާއަށް ގޮނޑި ގެއްލުނީ ޑިމޮކްރެޓިކް ޕާޓީގެ އެހެން ކެންޑިޑޭޓަކާ ވާދަކުރައްވައިގެންނެވެ.







