ޖެންސަން ހުއާންގްއާ އެލީސް ހުއާންގް، ތަތްކޮށްދިނީ އެލިސްގެ ފިރިމީހާ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާންގްއާ އެލީސް ހުއާންގް، ތަތްކޮށްދިނީ އެލިސް ހުއާންގެ އަމިއްލަ ފިރިމީހާ ކަން ހާމަވެއްޖެ އެވެ. ޖެންސަން ހުއާންގްއަށް، ފަހުން އޭނާގެ ލޯބިވެރިޔަކަށްވެގެންދިޔަ އަލީސް ހުއާންގް ތަޢާފުކޮށްދީފައިވަނީ  އެލިސްގެ ފިރިމީހާ، ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ކަންގް ވެއި ކަމަށް ދަ ވޯލްސްޓްރީޓް ޖާނަލް ނޫހުން ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން މައްސަލަ އަށް އަހުލުވެރި ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަންގް ވެއިއަކީ ޖެންސަން ހުއާންގާ ގާތްގަނޑަކަށް ދިހަ އަހަރު ދުވަހުގެ ރަހުމަތްތެރިކަމެއް އޮތް ފަރާތެކެވެ. އޭނާ ވަނީ ޖެންސަން ހުއާންގާއި އޭނާގެ އަންހެނުންނާ ދެމެދު އޮތް ލޯބީގެ ގުޅުން ފާއިތުވި ދެ އަހަރު ވަންދެން އެނގިހުރެ އެކަން ޤަބޫލުކޮށްފައެވެ.

އަދި އެ ދެ މީހުންގެ ގުޅުމާ ގުޅޭގޮތުން އޭނާގެ އެކުވެރިންގެ ގާތުގައި މަޖާކޮށް ވާހަކަދައްކާފައިވާ ކަމަށާއި، ބަހަނާއެއްގެ ގޮތުން އޭނާގެ އަނބިމީހާއަކީ ޖެންސަން ހުއާންގްގެ ޚާއްސަ އެސިސްޓެންޓެއް ކަމަށްވެސް ބައެއް ފަހަރު ސަމާސާއަކަށް ބުނެފައިވާ ކަމަށް ވޯލްސްޓްރީޓް ނޫހުގައި ބުނެފައި ވެއެވެ. ނަމަވެސް، ކަންގް ވެއި އެންމެ ފުރަތަމަ އަލީސް ހުއާންގް، ޖެންސަން ހުއާންގްއަށް ތަޢާފުކޮށްދިނީ ކޮން އިރަކު ކަމެއް އެ ރިޕޯޓުގައި ބުނެފައެއް ނުވެއެވެ.

މި ދެމަފިރިން ވަނީ ޓެކްނޮލޮޖީއާއި ކްލައުޑް ކޮމްޕިއުޓިންގްގެ ދާއިރާއިން ބޮޑު ވިޔަފާރީގެ އެމްޕަޔަރއެއް ބިނާކޮށްފައެވެ. ނަމަވެސް، ޖެންސަން ހުއާންގާ އޮތް ގުޅުމުގެ ސަބަބުންނާއި، އެންވީޑިއާގެ އެންމެ ފަހުގެ އޭއައި ޗިޕްތައް ޤަވާއިދާ ޚިލާފަށް ޗައިނާއަށް އެކްސްޕޯޓު ކޮށްފައިވާ ކަމަށް ބުނާ ތުހުމަތުތަކާ ގުޅިގެން މިހާރު ވަނީ ފުޅާ ދާއިރާއެއްގައި ތަޙުޤީޤުތައް ފަށާފައެވެ.

ހިއްސާ ކުރައްވާ!