އީރާނުގެ ޑޭމްތަކަށް އެމެރިކާއިން ހަމަލާދީފިނަމަ އަވަށްޓެރި ގައުމުތައް އީރާނުގެ އަމާޒުތަކަށް ވާނެ

އީރާނުގެ ޑޭމްތަކަށް އަމާޒުކޮށް އެމެރިކާއިން ހަމަލާއެއް ދީފިނަމަ، އެކަމާ އެއްފަދަ މުނާސިބު ރައްދެއް ދޭނެ ކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. އަދި އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އޮޕަރޭޝަނެއްގައި އެހެން ޤައުމެއްގައި ހުރި އެމެރިކާގެ ސިފައިންގެ މަރުކަޒެއް ބޭނުންކޮށްފިނަމަ، އެ މަރުކަޒެއް ހުންނަ ޤައުމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އީރާނުގެ ހަމަލާތަކުގެ އަމާޒަކަށް ވެގެންދާނެ ތަނެއް ކަމުގެ ވަރުގަދަ އިންޒާރެއްވެސް އޭނާ ވަނީ ދެއްވާފައެވެ.

މީގެއިތުރުން، ސަރަޙައްދީ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ ސިފައިންގެ މަރުކަޒުތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމާ ދެކޮޅަށް އީރާނުން ވަނީ ސާފު ބަހުން އިންޒާރު ދެއްވާފައެވެ. އިރްނާއާ ހަވާލާދީ މުޙިއްބީ ވިދާޅުވީ، "އެހެން އެއްވެސް ޤައުމެއްގައި ހުރި މަރުކަޒަކުން އީރާނާ ދެކޮޅަށް އެމެރިކާގެ ސިފައިން އޮޕަރޭޝަނެއް ފަށައިފިނަމަ، އެ ޤައުމަކީ އަހަރެމެންގެ އަމާޒަކަށް ވާނެ. މިކަމުގައި އެއްވެސް އޮޅުމެއް ނޯންނާނެ،" ކަމަށެވެ.

ހިއްސާ ކުރައްވާ!