ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސްއާއި ވަފްދެއް ޗައިނާއަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި މަޖިލިސް މެމްބަރުންގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާ ވަޑައިގެންފި އެވެ. މި ދަތުރުފުޅުގައި މި ބޭފުޅުން، ޗައިނާ ސައުތު އޭޝިއާ ކޯޕަރޭޝަންގެ 5 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އޭގެ އިތުރުން ކުންމިންގައި އޮންނަ 8 ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ޖަލްސާގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ދެ މުނާސަބާގައިވެސް ރާއްޖޭގެ ވަފްދުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙުމަދު ނާޒިމު ވާހަކަފުޅު ދައްކަވާނެއެވެ. މި ވަފްދުގައި ހިމެނިވަޑައި ގަންނަވަނީ، މެޖޯރިޓީ ޕާޓީ ޕީއެންސީގެ 3 ބޭފުޅުންނާއި އިދިކޮޅު އެމްޑީޕީގެ މެމްބަރެކެވެ.

ހިއްސާ ކުރައްވާ!