އިޓަލީގެ ބޮޑު ވަޒީރުގެ ނާއިބަށް 6 އަހަރުގެ ޖަލު ޙުކުމަކަށް އެދިއްޖެ

އިޓަލީގެ ބަނދަރަކުން 2019 ވަނަ އަހަރު އެޤައުމަށް ހިޖުރަ ކުރި ހިޖުރަވެރިން އެއްގަމަށް ފޭބުމަށް ހުރަސް އެޅި އިޓަލީގެ ހަރުކަށި ކަނާތުފިޔައިގެ ޕާޓީއެއްގެ ބޮޑު ވަޒީރުގެ ނާއިބް މަޓިއޯ ސަލްވިނީގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އިޓަލީގެ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފޯހުން އެދިއްޖެއެވެ.

އޭނާއަށް ދަޢުވާ ކޮށްފައި ވަނީ، އޯޕަން އާމްސް ޗެރިޓީން ހިންގާ ބޯޓެއްގައި ހަފްތާތަކެއް ވަންދެން 147 ހިޖުރަވެރިން ކަނޑުމަތީގައި ބަހައްޓައިގެން އެމީހުން ޒާތީ މިނިވަންކަމުން މަހުރޫމް ކޮށް، މަޤާމުގެ ބޭނުން ނާޖާއިޒުކޮށް ހިފުމުގެ ތުހުމަތު ގައެވެ.

ހިއްސާ ކުރައްވާ!