ސަރުކާރުން ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެން، ކުރިން ވަކިވަކިން ހުރި ދެ ވުޒާރާގެ 2 ޕާމަނަންޓް ސެކްރެޓަރީންގެ މަޤާމު ވަނީ ގެއްލިފައެވެ. ދައުލަތުގެ ޤާނޫނީ އޮނިގަނޑުގައިވާ ގޮތުން، އެއްވެސް ވުޒާރާއެއް އުވާލެވޭ ހިނދެއްގައި އެ ވުޒާރާއެއްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމު އޮޓަމެޓިކުން އުވިގެންދާނެއެވެ. މި މަޤާމަށް އައްޔަންކުރެވޭ ފަރާތްތަކުގެ ޚިދުމަތުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.
ކުރީގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ މި މަޤާމަށް އައްޔަންކުރެވިފައިވަނީ 2014 ގެ އޭޕްރީލް 19 ގައެވެ. އަދި ކުރީގެ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، ލ. އަތޮޅުގެ ފާތިމަތު ޝައުފާ މަޤާމަށް އައްޔަންކުރެވިފައިވަނީ މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2 އެވެ. މަޤާމު ގެއްލިފައިވާ ދެ ޕާމަނަންޓް ސެކްރެޓަރީންނަށްވެސް މި މަޤާމަށް އަލުން ކުރިމަތިލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.
ކުރީގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ މި މަޤާމަށް އައްޔަންކުރެވިފައިވަނީ 2014 ގެ އޭޕްރީލް 19 ގައެވެ. އަދި ކުރީގެ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، ލ. އަތޮޅުގެ ފާތިމަތު ޝައުފާ މަޤާމަށް އައްޔަންކުރެވިފައިވަނީ މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުއެވެ.
އެއްކުރެވުނު ދެ ވުޒާރާގެ އައު މިނިސްޓަރުގެ މަޤާމަށް ސަރުކާރުން ވަނީ ތާރިޤު އިބްރާހީމް އައްޔަންކުރައްވާފައެވެ.

