އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިރޭ ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތު ކުރެވޭތިއެވެ. ތަހުގީގަށް މިރޭ އޭނާ ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުނެއެވެ.
ބިދޭސީމީހާ ދޫކޮށްލުމުގެ ތުހުމަތާއި އަދި އެ މީހާގެ އަތުން ފެނުނު 530،000ރ. ހިފައިގެން ވަދެފައި ވަނީ ޝައްމާންގެ ގެއަށް ކަމަށްވެސް ތުހުމަތު ކުރެވެއެވެ.
ފުލުހުން ވަނީ ރޭ ޝައްމާންގެ ގެ ބަލައި ފާސްކޮށްފައެވެ. އަދި އެ ގެއިން ފައިސާތަކަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ގެންގޮސްފައިވެއެވެ.
އިތުރު 3 މީހަކުވެސް މިކަމާ ގުޅިގެން ހައްޔަރުކޮށްފައި ވެއެވެ.
ޝައްމާން ވަކި ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ދަންވަރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙު އައްޔަން ކުރައްވާފައެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.



