ޙަމާސްއިން ރޭނގަނޑު ޣައްޒާގައި ކާފިއު އިއުލާން ކުރަނީ

ހަތިޔާރު އެޅި ގޭންގަކުން ރޭގަނޑުގެ އަނދިރީގައި ޣައްޒާ ސިޓީގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ މުއައްސަސާތަކާއި ޖަމިއްޔާތަކުގެ ގުދަންތަކަށް ހަމަލާދީ ފޭރިގަންނަމުން ދެއެވެ. ހަމާސްގެ ސަލާމަތީ ބާރުތަކުން ގޭންގް މެމްބަރުންގެ ފަހަތުން ދެއެވެ.، ނަމަވެސް ހާމާސްއަށް މަތިން ހަމަލަ ދެނީ ގޭންގްތަކަށް ރައްކާތެރުކަން ފޯރުވައިދޭ އިޒްރޭލު ސިފައިންނެވެ. ހަމާސްއިން ތުހުމަތު ކުރާ ގޮތުގައި ފޭރޭ މީހުންނަކީ އިޒްރޭލުން ވާގިވެރިވާ މީހުންނެވެ.

ހަމާސްގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު އިސްމާއީލް އަލް ސަވާބްތާ ވިދާޅުވީ ފޭރޭ މީހުން އުޅެނީ ގޭގްންތަކެއްގެ ގޮތުގައެވެ. އަދި އިޒްރޭލުން އެމީހުންނަށް ހިތްވަރު ދޭ ކަމަށެވެ.

އޭނާ ވިދާޅުވީ ލޫޓުވުމުގައި ބައިވެރިވިކަން ސާބިތުވެފައިވާ ކޮންމެ މީހަކަށް މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށެވެ.

ހަމާސްއިން ވަނީ ރޭގަނޑު 9 ން ފެށިގެން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. ސަފާ ނޫސް އެޖެންސީން ބުނީ ލުޓޭރުންނާއި ހަތިޔާރު އެޅި ގޭންގުތަކާ ކުރިމަތިލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 5،000 މީހުންގެ އައު ފޯސްއަކާއެވެ. އެމީހުން އޮޕަރޭޓު ކުރާނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް އެމީހުންނށް އިޒްރޭލުގެ ޑްރޯންތަކުން ހަމަލަދޭތީ މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތި ވެއެވެ. ޣައްޒާގައި ފޭރޭ މީހުން ދަންޖެއްސުމަށް ނިންމައި ޙަމާސްއިން އެތައް ބަޔަކު ދަންޖައްސައިފިއެވެ.

ހިއްސާ ކުރައްވާ!