ޮޕޫޓިން ޓެރަރިސްޓް ހަމަލަ ކުށްވެރި ކުރައްވައިފި

ރަޝިއާގެ ރައީސް ވްލަދިމީރް ޕުޓިން، ޖައްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާގައި 25 ފަތުރުވެރިންނާއި ކަޝްމީރު މީހަކު މަރުވެފައިވާތީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ގުޅުއްވައި އެކަން ކުށްވެރިކުރައްވައިފިއެވެ. ޕުޓިންގެ ވަހަކަފުޅުގައި އެކަމަށް ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަށް ގޮވާލެއްވިއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވިއެވެ.

މިއީ ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް، ރަޝިއާ އަދި ޗައިނާ މި ހަމަލާގެ ބައިނަލްއަޤްވާމީ ތަޙްޤީޤެއްގައި ބައިވެރިވުމަށް ހުށަހެޅުމަށްފަހު މޮދީއާ ކުރެއްވި މުއާމަލާތެކެވެ.

އޭޕްރިލް 22 ގައި ދިން މި ހަމަލާއަކީ ޕާކިސްތާނުގައި ބަނޑަހަޖަހައިގެން އުޅޭ ލަޝްކަރޭ ތައްޔިބާއާ ގުޅުންހުރި ދަ ރެސިސްޓަންސް ފްރަންޓުން ޒިންމާ ނަގާފައިވާ ހަމަލާއެކެވެ.

މި ވާހަކަފުޅުގައި ޕުޓިން ވަނީ 2025 ގެ އަހަރީ ސަމިޓަށް އިންޑިއާއަށް ވަޑައިގަތުމަށް އެއްބަސްވެވަޑައިގަތެވެ. އަދި މޯދީ ވެސް ވަނީ ރަޝިއާގެ 80 ވަނަ ވިކްޓަރީ ޑޭގެ ތަހުނިޔާ ފޮނުއްވާފައެވެ.

އިންޑިއާގެ ޛާރިޖީ ވުޒާރާގެ ތަރުޖަމާން ރަންދީރް ޖައިސްވާލް ވިދާޅުވީ މިއިން ދައްކައި ދެނީ އިންޑިއާ ރަޝިޔާގެ ބަދަހި ގުޅުމެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވީ، ޔުކްރެއިންގެ ހަނގުރާމައިގެ ތެރޭގައި ހުޅަނގުގެ ޤައުމުތަކުގެ ދަތިކުރުންތަކާ ދެކޮޅަށް އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ކުރިއަށް ގެންދިއުމުންނެވެ.

ހިއްސާ ކުރައްވާ!