އިޒްރޭލުން އީރާނަށް ހަމަލަ ދިނުމަށް އެމެރިކާއިން ގޮވާލައިފި

ހޫސީންނަށް އެމެރިކާއިން ދެމުންދިޔަ ހަމަލަތައް ހުއްޓާލުމާއެކު އިޒްރޭލަށް އަމިއްލަ ދިފާއުގައި އަޅަން ފެންނަ ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން އަންގައިފިއެވެ. އިޒްރޭލުން ވަނީ ސަންޢާ އެއާޕޯޓަށް ހަމަލަދީ އެއާޕޯޓު އެއްކޮށް ޚިދުމަތުން ބޭރުކޮށްލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުން ހަމަ ދީފައި ވަނީ ހިފާފައިވާ ހައިފާގެ ބެންގޯރިއޮން އެއާޕޯޓަށް ބެލެސްޓިކް މިސައިލަކުން ހޫސީން ހަމަލަދީ އިޒްރޭލަށް ދަތުރު ކުރ ާބޭރުގެ ބޯޓުތައް ދަތުރުތައް ހުއްޓާލުމާ ގުޅިގެންނެވެ.

ހޫސީން ބުނެފައި ވަނީ އަދިވެސް އިޒްރޭލާ ދެކޮޅަށް ހަމަލަ ދެމުން ދާނެ ކަމަށެވެ.

އެމެރިކާއިން ހޫސީންނަށް ދޭ ހަމަލަތައް ހުއްޓާލިކަން އިއުލާން ކުރުމާ ގުޅިގެން އެމެރިކާގެ ސެނެޓަރު ލިންޑްސޭ ގްރަހަމް ވަނީ އީރާނަށް ހަމަލަ ދިނުމަށް އިޒްރޭލަށް ގޮވާލާފައެވެ. ޓްރަމްޕްގެ ސަޕޯޓަރެއް ކަމަށްވާ ޒަޔަނިސްޓުންގެ ޕޭރޯލުގައި ހިމެނޭ ގްރަހަމް ބުނެފައި ވަނީ އިޒްރޭލަށް ފެންނަ ގޮތަށް އަމިއްލަ އަށް ދިފާއުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އީރާނަށް ހަމަލަ ދޭންވީ ކަމަށެވެ. އަދި އެކަން ކުރުން މާބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ. އޭނާ ބުނެފައި ވަނީ އީރާނާ ހެދި ނޫންނަމަ ހުސީންނަށް ބާރެއް ނުދެއްކުނީހެވެ. ގްރަހަމް ބުނެފައި ވަނީ އީރާނަށް އިޒްރޭލުން ވަރުގަދަ ހަމަލައެއްދީ އީރާނުގެ ތެޔޮ އެކސްޕޯޓު ކުރުން އެއްކޮށް ހުއްޓުވާލައި އީރާނު އިނދެ ޖައްސާލަން ވެއްޖެ ކަމަށެވެ.

އިޒްރޭލުން ސަންޢާ އެއާޕޯޓަށް ހަމަލަ ދިނުމުގެ ކުރިން އިޒްރޭލު ސިފައިންގެ އަރަބި ބަހުން ވާހަކަ ދައްކާ ތަރުޖުމާން އަފީހާއި އަދުރުއީ ވަނީ އަރަބި ބަހުން އެކްސްގައި ޗާޓެއް ހިމަނައިގެން ޕޯސްޓެއް ކޮށް ސަންޢާގައި މީހުން ހުސްކުރަން ޖެހޭ ސަރަހއްދު އަންގައި ފައެވެ.

ހިއްސާ ކުރައްވާ!