މިއަދަކީ އެންމެ މޫސުން ގޯސް ދުވަސް. ރަނގަޅު ވާނީ ހުކުރުގައި

މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ މޫސުން ގޯސްވާނީ މިއަދުއެވެ. އަދި މި ހަފުތާ ބަންދުގައި ކޮންމެ ވެސް ވަރަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކުރިއަށް އޮތް 24 ގަޑި އިރު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ އެވެ.

މިއަދު ހުރިހާ ހިސާބަކަށް ވައިޖެހެނީ 13 މޭލާއި 23 މޭލާ ދެމެދު ބާރު މިނެއްގައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް ވެސް މެޓުން ބުނެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ އެންމެ ބޯކޮށް ވެހިފައި ވަނީ 103 މިލިލީޓަރުގެ ވާރޭ ވެހުނު ހުޅުލެއަށެވެ.  މޫސުން ރަނގަޅު ވަނެ ކަމަސް ލަފާ ކުރެވެނީ ހުކުރު ދުވަސް ހާތަނުގައެވެ.

 

 

ހިއްސާ ކުރައްވާ!