ޖަޕާނަށް 10 ފޫޓު އުސް ރާޅު އަރާނެ ކަމަށް ބުނެފި

އެންއެޗްކޭ ވޯލްޑް އިން ރިޕޯޓްކުރާ ގޮތުގައި ޖަޕާނުގެ އިރުއުތުރުގެ ކުޖީ ބަނދަރަށް އެރި ސުނާމީގެ ރާޅުތައް 4 ފޫޓަށް އަރައެވެ.

އަދި ނެމުރޯ ހަނާސާކީ އަދި އިޝިނޮމާކީ ބަނދަރަށް އެރި ރާޅުތައް 3 ފޫޓާ ގާތް ކުރާކަމަށް ބުނެއެވެ.

ޖަޕާނުގެ އެހެން ތަންތަނުގައި 2 ފޫޓު އުސްކޮށް ރާޅު އަރާފައި ވެއެވެ. ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ރާޅުތައް ފަހަރެއްގައި ދެން އަރާ ރާޅުތަކުގައި 9 ނޫނީ 10 ފޫޓު ހުރެދާނެއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ސުނާމީގެ އިންޒާރު އޮވެދާނެ ކަމުގެ އިންޒާރު ރައްޔިތުންނަށް ދީފައިވެއެވެ.

ހިއްސާ ކުރައްވާ!