ހަމާސްގެ ހިތްހެޔޮކަން ދެއްކުމުގެ ގޮތުން އެމެރިކާގެ އަސީރު އެލެގްޒެންޑަރު އިޑާމް މިނިވަން ކޮށްފިއެވެ. ހަމާސް ލީޑަރު ޙަލީލުލްޙައްޔާ ވިދާޅުވީ މިކަން ކުރިއަށް ގެންދެވުނީ އެމެރިކާއާއެކު ޤަތަރާއި މިސްރުން މެދުވެރިންގެ ބައިކުޅެގެންނެވެ.
އިޒްރޭލާއި އެމެރިކާގެ ޕާސްޕޯޓު ގެންގުޅޭ 21 އަހަރުގެ މިމީހާ ވަނީ ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި 540 ދުވަސްވަނެން ހަމާސްގެ މަހުމާންދާރީގައި އުޅެފައެވެ.
އޭނާ މިނިވަން ކުރިއިރުގެ ފޮޓޯތައް ބަލާލުމުން އޭނާގެ މޫނުމަތިން ކާޑު ބަލީގެ އަސަރެއް ނުފެނެއެވެ. ކުރިން މިނިވަން ކުރި ހަނގުރާމައިގެ އަސީރުންގެ ގިނަ މީހުން މޫނުމަތިން ޝާއްބަކަން ފެނިފައި ވެއެވެ.
މިމީހާ މިނިވަން ކޮށްފައި ވަނީ އެމެރިކާއިން ހަމާސްއާއެކު ނަތަންޔާހޫއަށް ވަގަށް ސިއްރުން ޑީލު ހެދުމުންނެވެ.
ހަމާސްގެ މެހުމާންދާރީގައި އަދިވެސް 54 ހަނގުރާމައިގެ އަސީރުން ތިބޭނެއެވެ. މިމީހުން ހޮސްޓެޖުން ނޫނީ ރަހީނުންނެއް ނޫނެވެ. މިމީހުންނަކީ އިޒްރޭލު ސިފައިންގެ ތެރޭގައި ޚިދުމަތް ކުރާ، ވަޒީފާ/ ޑިއުޓީގައި އުޅެނިކޮށް ނޫނީ ހަތިޔާރު ހިފައިގެން އުޅެނިކޮށް އަސީރު ކުރި މީހުންނެވެ.
މީގެ ކުރިން މިނިވަން ކުރި އަންހެން ހަނގުރާމައިގެ އަސީރުންނަކީ ހަމާސްއިން އަސްކަރީ މަރުކަޒުތަކަށް ރެއިޑް ކުރިއިރު މުވާސަލާތާއި ރޭޑާ މޮނީޓާ ކުރަން ޔުނިފޯމް ލައިގެން ތިބި ސިފައިންނެވެ.






