އެމެރިކާއިން ޔޫއޭއަށް ބިލިއަން ޑޮލަރުގެ ހަތިޔާރު

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ސީއެޗް-47އެފް ޗިނޫކް ހެލިކޮޕްޓަރުތަކާއި އެފް-16 ކޮމްޕޯނެންޓްތަކާއި ސަޕޯޓް އަދި އެއާ ގުޅުން ހުރި ސާމާނު ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ވިއްކުމަށް ހުއްދަ ދީފައެވެ.

އެމެރިކާއިން ޔޫއޭއީއަށް ގާތްގަނޑަކަށް 1.457 ބިލިއަން ޑޮލަރުގެ ސާމާނު ވިއްކާނެއެވެ. މިކަން އިއުލާން ކޮށްފައި ވަނީ ޓްރަމްޕް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށެވެ.

ދިފާއީ ވުޒާރާ ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ ހެލިކޮޕްޓަރުގެ މައިގަނޑު ދެ ކޮންޓްރެކްޓަރުންނަކީ ބޮއިންގް ހެލިކޮޕްޓަރު އެއާކްރާފްޓާއި ހަނީވެލް އިންޖީން ކަމަށެވެ.

ހިއްސާ ކުރައްވާ!