ސައުދީ އަރަބިއްޔާ ދިފާއު ކުރުމަށް ބޭނުން ވެއްޖެ ނަމަ އަސްކަރީ ބާރު ބޭނުން ކުރުމަށް އެމެރިކާއިން ޖެހިލުމެއް ނުވާނެ ކަމަށް އިންވެސްޓްމަންޓް ފޯރަމް 2025 ރިޔާޟްގައި، ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ. ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮންފަރެންސް ސެންޓަރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމަކީ ސައުދީ އަރަބިއްޔާއާ އެކު އިގްތިސާދީ އަދި ސަލާމަތީ ގުޅުން ބަދަހި ކުރުމަށް މުހިންމު އިވެންޓެކެވެ. ދެ ގައުމުގެ ބޮޑެތި އިންވެސްޓަރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބައިވެރިވި މި ހަރަކާތަކީ ޓްރަމްޕްގެ ފުރަމާނަ ދަތުރުފުޅާ ދިމާކޮށް އިންތިޒާމްކޮށްފައިވާ ހަރަކާތެކެވެ.
"ސައުދީ-އެމެރިކާ އިންވެސްޓްމަންޓް ފޯރަމް 2025″ ލިޔެފައިވާ ބެކްޑްރޮޕެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ގަރުނެއްގެ ތެރޭގައި ތަރައްގީވެފައިވާ ސައޫދީ އެމެރިކާގެ ސްޓްރެޓެޖިކް ޕާޓްނަޝިޕަށް އަލިއަޅުވާލައްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ ސައުދީގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި އެމެރިކާ އަދިވެސް ސާބިތުކަމާއެކު އޮތް ކަމށެވެ.
ސަލާމަތީ މައްސަލަތަކުގެ ބޭރުން ޓްރަމްޕް ވަނީ އެމެރިކާއާއި ސައުދީއާ ދެމެދު އޮންނަ ގުޅުމުގެ އިގްތިސާދީ ދާއިރާއަށް ވެސް އަލިއަޅުވާލައްވާފައެވެ.




