ސައޫދީ އިންވެސްޓްމެންޓް ފަންޑްގެ 40 ޕަސެންޓް އެމެރިކާގައި އިންވެސްޓު ކުރޭ

ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރާ އިންވެސްޓްމަންޓްތަކުގެ 40 ޕަސެންޓް އަމާޒު ކޮށްފައިވަނީ އެމރިކާއަށް ކަމަށް ސަޢޫދީ ކްރައުން ޕްރިންސް އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއެވެ. ރިޔާޟްގައި ސައުދީ-އެމެރިކާ އިންވެސްޓްމަންޓް ފޯރަމްގައި ވަލީއަހުދު ވަނީ އެ ފޯރަމްގައި ހާމަކުރި އެއްބަސްވުންތަކުގެ އަގު 300 ބިލިއަން ޑޮލަރަށް އަރާކަން އިއުލާން ކުރައްވާފައެވެ.

ވަލީއަހުދު ވިދާޅުވީ ދެގައުމުގެ ދެމެދުގައި ގުޅިގެން ކުރުމަށް ހަމަޖެހިފައިވާ ވިޔަފާރީގެ ފުރުސަތުތަކުގެ އަދަދު 600 ބިލިއަން ޑޮލަރަށް އަރާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސައުދީ އަރަބިއްޔާ އާއި އެމެރިކާއާ ދެމެދު 90 އަހަރަށް ވުރެ ގިނަ ދުވަހު އިގްތިސާދީ ގޮތުން ފުން ގުޅުންތަކެއް އުފެދިފައިވެއެވެ.

އެ ގުޅުންތަކަކީ ހަކަތައާއި ތައުލީމާއި އީޖާދީ ދައިރާތައް ފަދަ މުހިންމު ދާއިރާތަކެވެ. އަދި "ޖޮއިންޓް އިންވެސްޓްމަންޓްތަކަކީ އަޅުގަނޑުމެންގެ އިގްތިސާދީ ގުޅުންތަކުގެ އެންމެ މުހިންމު އެއް ތަނބު،" މުހައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.

ވަލީއަހުދު ވިދާޅުވި ގޮތުގައި މިހާރު އެމެރިކާގެ ގާތްގަނޑަކަށް 1،300 ކުންފުންޏަކުން މި ސައުދީ އަރަބިއްޔާގައި އިންވެސްޓް ކުރެ އެވެ. "ދެގައުމުން ގުޅިގެން ކުރާ އިންވެސްޓްމެންޓްތަކަކީ އިގްތިސާދީ އެއްބާރުލުމަކަށް އެކަނި ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ސަރަޙައްދާއި ދުނިޔޭގައި ސަލާމަތާއި ހަމަޖެހުމާއި ސުލްހަ ގާއިމްކުރުމަށް އަމޒު ހިފާ މަސައްކަތްތަކެއް،" ކަމަށް ވިދާޅުވިއެވެ.

ސައުދީ 2030 ގެ މާރެސްގެ ސަބަބުން އިގްތިސާދު ސިންދަފާތުކޮށް އަމިއްލަ ފަރާތްތައް އިގްތިސާދުގައި ބާރުވެރިކުރުވުމުގެ މަގުސަދުގައި ކުރިން ނުފެންނަ އިގްތިސާދީ އިންގިލާބީ ބަދަލެއް ސައުދީ ވިޔަފާރިއާއި އިގްތިސާދަށް ގެންނަވާފައިވާ ކަމުގައިވެސް ވަލީޢަހުދު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!